މޫސުން ގޯސްވެ ބޮޑު ބަޔަކަށް ވައިޓް އެލާޓް ނެރެފި

މޫސުން ގޯސްވުމުގެ ސަބަބުން ރާއްޖޭގެ ބޮޑު ބަޔަކަށް ވައިޓް އެލާޓް ނެރެފި އެވެ. މޫސުމާ ބެހޭ ގައުމީ އިދާރާ އިން މިއަދު ބުނީ ށ. އަތޮޅުން ފެށިގެން ގދ. އަތޮޅާ ހަމައަށް ވައިޓް އެލާޓް ނެރެފައިވާ ކަމަށެވެ. އެ ހިސާބުތަކަށް ވިއްސާރަކޮށް އޭގެ ތެރެއިން ބައެއް ރަށްތަކަށް ގުގުރުމާ އެކު ބޯކޮށް ވާރޭވެހޭނެ ކަމަށާއި އަދި ވިލާގަނޑުގައި ގަޑިއަކު 30 މޭލަށް ވައިގަދަވާނެ ކަމަށް ލަފާ ކުރެވޭ ކަމަށް ވެސް މެޓުން ބުންޏެވެ. ވައިޓް އެލާޓް ނެރެފައި ވަނީ މިއަދު ހެނދުނު 11:00 އިން ފެށިގެން ހަވީރު 17:00 އާ ހަމައަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ