މެމްބަރު އާމިރު ބަރަހަނާކޮށް ފުލުހުންނާ ހަވާލުކޮށްފި
ކުޑަހުވަދޫ ދާއިރާގެ މެމްބަރު އަހްމަދު އާމިރު ރޭ މެންދަމު ގެއެއްގެ ތެރޭގައި އުޅުއްވަނިކޮށް އެ ގޭގެ މީހުން އޭނާ ބަރަހަނާކޮށް ފުލުހުންނާ ހަވާލުކޮށްފި އެވެ. ފުލުހުންގެ ސަބް އިންސްޕެކްޓަ އަހްމަދު ޝިޔާމް ވިދާޅުވީ އާމިރު މީހެއްގެ އަންބެއްގެ ކައިރިއަށް ވަތް ކަމުގެ ތުހުމަތުގައި ފުލުސް އޮފީހަށް ގެންދިޔަ ކަމަށާއި ނަމަވެސް މިހާރު އޭނާ ދޫކޮށްލާފައިވާ ކަމަށެވެ. "އެގޭން ރިޕޯޓްކުރުމުން ފުލުހުން ގޮސް އޭނާ ގެނައި. އަދި ރޭ ވަނީ ދޫކޮށްލާފައި. ޕޮލިހުން އެ މައްސަލަ ތަހްގީގުކުރަމުން އެބަ ގެންދަން،" ޝިޔާމް ވިދާޅުވި އެވެ. އާމިރު ވަން ގޭގެ މީހުން ބުނި ގޮތުގައި އާމިރު އެ ގޭގެ ކޮޓަރިއަކަށް ވަދެ ހުއްޓައި ފެނުނީ މެންދަމު 30: 3 ހާއިރު އެވެ. ފުލުހުން އާމިރު ގެންދިޔައީ ފަތިހު 00: 5 އެހާއިރު އެވެ. އާމިރު ހިފެހެއްޓި އަންހެން މީހާ ބުނީ އާމިރު ލައިގެން ހުރި ފަޓްލޫނު އިރައިގެން ގޮސް ބަރަހަނާވެ މޫނުމަތި ޒަހަމްވި ކަމަށާއި ފުލުހުން އައިސް ގެންދިޔައީ އެގޭގައި އޮތް ޖީންސެއް ލައްވައިގެން ކަމަށެވެ. އާމިރު ފޯނަށް ޖަވާބު ނުދެއްވާތީ މިކަމާ ބެހޭ ގޮތުން އޭނާގެ ބަހެއް ލިބޭ ގޮތެއް ނުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ