ދިއްގަރު ދާއިރާގެ ލޮބުވެތި ހުރިހާ ރައްޔިތުން މިއިންތިޚާބުގައި ޕީޕީއެމްގެ ކެނޑިޑޭޓް އަހްމަދު ފާރިސް މަޢުމޫނަށް ތާޢީދުކޮށްދެއްވައި ރައްޔިތުންގެ މަޖިޅިހުގެ ދިއްގަރު ދާއިރާގެ ގޮނޑިއަށް އިންތިޚާބު ކޮށްދެއްވުމަކީ އެމަނިކުފާނުގެ ވަރަށް ބޮޑު އެދުމެއް ކަމުގައި ދަންނަވާ ކަމަށް ޕީޕީއެމްގެ ރައީސް އަދި ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މަޢުމޫން އަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިޅިހުގެ ދިއްގަރު ދާއިރާގެ ގޮނޑިއަށް މީހަކު ހޮވުމަށް ބޭއްވޭ ބައި އިލެކްޝަންގައި ޕީޕީއެމްގެ ފަރާތުން ވާދަ ކުރުމަށް ހަމަޖެހިފައިވާ ކެނޑިޑޭޓް އަހްމަދު ފާރިޝް މަޢުމޫނަށް އެކަމުގެ ލިޔުން ހަވާލުކުރުމަށް އެޕާޓީގެ އޮފީހުގައި ބޭއްވި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ރައީސް މަޢުމޫން ވިދާޅުވީ މިއިންތިޚާބަކީ ވަރަށް މުހިއްމު އިންތިޚާބެއް ކަމަށާއި ރައްޔިތުންގެ މަޖިލީހުގެ ކޮންމެ ގޮނޑިއަކަށް ބޭއްވޭ އިންތިޚާބަކީވެސް ހަމަ މުހިއްމު އިންތިޚާބެއް ކަމަށެވެ. ޚާއްޞަކޮށް މިފަދަ ޕާޓީ ނިޒާމް ގާއިމުވެފައިވާ ތަނެއްގައި، އަޣުލަބިއްޔަތު އޮންނަ ޕާޓީއަކުން ރައްޔިތުންގެ މަޖިލީހުގައި ކަންތައްތައް ނިންމާ ގޮތަށް އޮންނަ ތަނެއްގައި އެގޮނޑިތަކަކީ ވަރަށް މުހިއްމު ގޮނޑި ތަކެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
"އެހެންވީމަ އަޅުގަނޑުމެން އެބަ ބޭނުންވޭ ކުރިއަށް މިއޮތް ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ ގޮނޑީގެ އިންތިޚާބުގައިވެސް އަޅުގަނޑުމެންގެ ޕާޓީގެ ކެނޑިޑޭޓް އަހުމަދު ފާރިސް މަޢުމޫން ކާމިޔާބީ ހޯދުން. މިއިންތިޚާބު އަޅުގަނޑުމެންގެ ކެނޑިޑޭޓަށް ކާމިޔާބު ކުރެވިއްޖިއްޔާ އެވާނީ އެދާއިރާއަށްވެސް ލިބޭ ވަރަށް ބޮޑު ކުރިއެރުމަކަށް އަދި ސަރުކާރަށް ލިބިގެންދާ އިތުރު ބާރަކަށް" ރައީސް މަޢޫމޫނު ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިޅިހުގެ ދިއްގަރު ދާއިރާގެ ގޮނޑިއަށް މީހަކު ހޮވުމަށް ބޭއްވޭ ބައި އިލެކްޝަންގައި ޕީޕީއެމްގެ ފަރާތުން ވާދަ ކުރުމަށް ހަމަޖެހިފައިވާ ކެނޑިޑޭޓް އަހްމަދު ފާރިޝް މަޢުމޫނަށް އެކަމުގެ ލިޔުން ހަވާލުކުރުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށް ރައީސް މައުމޫނު ވިދާޅުވެފައިވެއެވެ.
ޕީޕީއެމް އަކީ ޑިމޮކްރެޓިކް އުސޫލުތަކުގެ މަތިން ހިނގާ ޕާޓީއެއް ކަމަށާއި ޕީޕީއެމްއިން އެންމެ ފަހުން ބޭއްވި ޕްރައިމަރީއަކީ ވަރަށް ކާމިޔާބު އޮމާން ޕްރައިމަރީ އެއް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މި ބައްދަލުވުމުގައި ޕީޕީއެމްގެ ޕާލިމަންޓެރީ ގްރޫޕްގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރު ނިހާން ވިދާޅުވީ "ހުސްއެކަނި ރައީސް މަޢުމޫނުގެ ދަރިކަލެއް އެކަންޏަކު ނޫން ކެނޑިޑޭޓެއް ގޮތުގައި މިހުރީ. އަޅުގަނޑަސް ޔަޤިން ރާއޖޭގައި މަދުވާނެ އަޅުގަނޑުމެންގެ ކައުންސިލް މެމްބަރު ފާރިސް މަޢުމޫން އަށް ވުރެއް ވަކި ތަޖުރިބާ ގިނަ ވަކި އިލްމީ ގާބިލިކަން ހުރި ބޭފުޅުން" ކަމަށެވެ.
ދިއްގަރު ދާއިރާގެ ގޮނޑިއަށް ފާރިސް އިންތިޚާބު ކޮށްދެއްވުމަށް ރައީސް މަޢުމޫން އެދިވަޑައިގެންފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ