ކަސްޓަމްސްގެ މުވައްޒަފުންނަށް ފްލެޓް އަޅަން ފައިސާ ހޯދަން އެޗްޑީއެފްސީއާ އެކު ސޮއިކޮށްފި

ކަސްޓަމްސްގެ މުވައްޒަފުންނަށް އަޅާ ފްލެޓް ތަރައްގީކުރަން ބޭނުންވާ ފައިސާ ހޯދަން ހައުސިން ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެޗްޑީއެފްސީ)އާ އެކު އެމްއޯޔޫއެއްގައި މިއަދު ސޮއިކޮށްފި އެވެ.ހުޅުމާލޭގައި އަޅާ 300 ފްލެޓްގެ ތެރެއިން ފުރަތަމަ ފިޔަވަހީގެ 80 ފްލެޓް އަޅަން ބޭނުންވާ ފައިސާ ހޯދަން އެޗްޑީސީއާ އެކު ކަސްޓަމްސްގެ ފަރާތުން ސޮއިކުރެއްވީ ކޮމިޝަނާ ޖެނެރަލް އައްބާސް އާދިލް ރިޒާ އެވެ. އެޗުޑީއެފްސީގެ ފަރާތުން ސޮއިކުރެއްވީ ކޮމްޕެނީ ސެކްރެޓަރީ ރަހީމާ ސަލީމެވެ.ކަސްޓަމްސްގެ މުވައްޒަފުންނަށް އަޅާ ފްލެޓަށް ފައިސާ ހޯދަން އެޗްޑީއެފްސީއާ އެކު މިއަދު ސޮއިކުރަނީ. ހަވީރު ފޮޓޯ: މުހައްމަދު ޝަރުހާންސޮއިކުރެއްވުމަށް ފަހު ކޮމިޝަނާ ޖެނެރަލް ވިދާޅުވީ އެ އެމްއޯޔޫގެ ދަށުން ފްލެޓް ލިބޭ މުވައްޒަފުންނަށް ކުޑަ އިންޓަރެސްޓް ރޭޓެއްގައި ލޯނު ލިބޭނެ އިންތިޒާމް ހަމަޖެހޭނެ ކަމަށެވެ."މިއަދު ސޮއިކުރި އެއްބަސްވުމުގެ ސަބަބުން ކަސްޓަމްސްގެ މުވައްޒަފުންގެ އުއްމީދު ހާސިލްވެގެންދާނެ. މިއީ ޒަމާނީ ކަސްޓަމްސްއަކަށް ހެދުމަށް ވަރަށް ބޮޑު ބާރަކަށް ވެގެންދާނެ ކަމެއް،" އޭނާ ވިދާޅުވި އެވެ.އައްބާސް ވިދާޅުވީ އަލަށް ތަރައްގީކުރާ ފްލެޓް އިފްތިހާކުރުން އަންނަ ބުރާސްފަތި ދުވަހު އޮންނާނެ ކަމަށެވެ. އަދި ކުރިޔަށް އޮތް އަހަރެއްހާ ދުވަހުގެ ތެރޭގައި ފްލެޓްގެ އަމަލީ މަސައްކަތް ނިންމާލެވޭނެ ކަމަށް ވެސް ވިދާޅުވި އެވެ.އޭނާ ވިދާޅުވި ގޮތުގައި ފްލެޓް ގަންނަން ބޭނުންވާ މުވައްޒަފުންނަށް 1.5 މިލިއަން ރުފިޔާގެ ލޯނު އެޗްޑީއެފްސީ މެދުވެރިކޮށް ހަމަޖައްސައިދޭނެ އެވެ. އަދި ލޯނު އަނބުރާ ދައްކަން ޖެހޭނީ 20 އަހަރު ދުވަހުން ކަމަށް ވެސް ވިދާޅުވި އެވެ."ފްލެޓް އިމާރާތްކޮށް ނިމެންވާ އިރަށް ފްލެޓް ލިބޭނެ ފަރާތްތައް ކަނޑައެޅިގެންދާނެ. އެކަމަށްޓަކައި ކަސްޓަމްސްގެ ކޮމިޓީއަކުން ފްލެޓަށް ކުރިމަތިލުމުގެ މިންގަނޑެއް ކަނޑައަޅައި އިއުލާންކުރާނެ،" އައްބާސް ވިދާޅުވި އެވެ.އޭނާ ވިދާޅުވީ ފްލެޓް އެޅުމުގެ ފުރަތަމަ ފިޔަވައްސަށް 8- 10 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ