ރައްޔިތުން ތިބީ ދެވަނަ ދައުރެއް ރައީސް ޔާމީން އަށް ދޭގޮތަކަށް ނޫން - ޖޭޕީ

ދިވެހި ރައްޔިތުން ތިބީ ރައީސް އަބްދުﷲ ޔާމީން އަށް ދެވަނަ ދޭގޮތަކަށް ނޫން ކަމަށް ޖުމްހޫރީ ޕާޓީން ބުނެފިއެވެ.
ރޭ ވީޓީވީގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން ޕާޓީގެ ނައިބު ރައީސް ޑރ މައުސޫމް ވިދާޅުވީ ރައީސް ޔާމީނަށް ދެވަނަ ދައުރެއްދޭން ރައްޔިތުން ބޭނުން ނުވަނީ އޮންނަ އުސޫލުތަކުން ބޭރުން ކަންކަން އަބަދުވެސް ނިންމަވަމުން ގެންދާތީ ކަމަށެވެ.
މައުސޫމް ވިދާޅުވީ ރާއްޖޭގައި ވަރަށް ރަނގަޅު، ޚުލްގުހެޔޮ އިލްމްވެރިން އެބަތިއްބެވި ކަމަށާއި އަދި ރާއްޖޭގައި ތިއްބެވި އިލްމްވެރިންގެ ތެރެއިން 99 ޕަސެންޓް އިލްމްވެރިންނަކީ ރަނގަޅު މީހުން ކަމަށެވެ.
" ޑރ ޝަހީމް ރަނިންމޭޓަކަށް ލައްވައިގެން ސިޔާސީ ކަންކަމުގައި ދީނީ ކާޑުންކުޅެ، ދީނުގެ ނަމުގައި ނާޖާއިޒް ފައިދާ ބަޔެއް ފަރާތްތަކުން ނަގަން ފެށުމުން ހިތާމަވެރި ކަންތައްތަކެއްވެސް ދަނީ ކުރިމަތިވަމުން " ޑރ މައުސޫމް ވިދާޅުވިއެވެ.
ޑރ މައުސޫމު ވިދާޅުވީ ދީނީގޮތުން ނާޖާއިޒް ފައިދާ ނަގަން ފެށުމުން ވާގޮތަކީ އިލްމްވެރިންނާ ދިމާލަށް ނުހައްގު ބަސް ބަޔެއް ފަރާތްތަކުން ބުނަންޖެހުންކަމަށެވެ.
ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ރަނިންމޭޓަކު ކަނޑައެޅުމަށް ޖޭޕީއަށް ފުރުސަތު ދީފައިވާއިރު، އެޕާޓީން ވަނީ އެމަގާމަށް ޝައުގުވެރިވާ ޕާޓީގެ ބޭފުޅުންނަށް އެ ފުރުސަތު ހުޅުވާލާފަ އެވެ.
އިދިކޮޅު ރިޔާސީ ކެންޑިޑޭޓްގެ ގޮތުގައި ކަނޑައަޅާފައިވަނީ އެޕާޓީގެ ޕާލިމެންޓްރީ ގުރޫޕްގެ ލީޑަރު އަދި ހިންނަވަރު ދާއިރާގެ މެމްބަރު އިބްރާހީމް މުހައްމަދު ސޯލިހު އެވެ.
ޖުމްހޫރީ ޕާޓީން ރަނިންމޭޓެއް ކަނޑައަޅާނީ މި މަހުގެ 13 ވަނަ ދުވަހު ބާއްވާ އެ ޕާޓީގެ ކައުންސިލް ބައްދަލުވުމުގައި ނަގާ ސިއްރު ވޯޓަކުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ