ރާއްޖޭގެ ތަރައްގީއަށް ރައީސް ޔާމީން ނޫން ލީޑަރެއް ރައްޔިތުން ބޭނުމެއްނުވޭ: ތޯރިގު
ރާއްޖޭގެ ތަރައްގީ އަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ނޫން އެހެން ލީޑަރެއް ދިވެހި ރައްޔިތުން ބޭނުން ނުވާކަމަށް އެންވަޔަރަމަންޓު މިނިސްޓަރު ތޯރިގު އިބްރާހީމް ވިދާޅުވެއްޖެއެވެ. މ. މުލަކުގައި ގާއިމްކޮށްފައިވާ ނަރުދަމާގެ ނިޒާމުގެ ޚިދުމަތް ރަސްމީކޮށް ފެށުމަށް މިއަދު އެރަށުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ތޯރިގު ވިދާޅުވީ ރާއްޖެ އަށް ރައީސް ޔާމީން ގެންނަވަމުންދާ ތަރައްގީ މި އޮތީ ފެންނަން ކަމަށާއި، އެމަނިކުފާނު ނޫން އެހެން ލީޑަރެއް ރައްޔިތުން ބޭނުން ނުވާކަމަށެވެ. "މީގެ ކުރީގެ ސަރުކާރުތަކުގައި އަޅާނުލާ ހުރި ބައިވަރު ރަށްރަށަށް ތަރައްގީގެ ބާނީ ރައީސް ޔާމީން ތަރައްގީ ގެނެސް ދެއްވައިފި،" މިނިސްޓަރު ތޯރިގު ވިދާޅުވިއެވެ. މިނިސްޓަރު ވިދާޅުވީ އެއް ބިލިޔަން ދިވެހި ރުފިޔާ ޚަރަދުކޮށް، މި ސަރުކާރުން 22 ރަށެއްގައި ނަރުދަމާގެ ނިޒާމް ގާއިމްކޮށްފައިވާ ކަމަށެވެ. އަދި 39 ރަށެއްގެ ނަރުދަމާގެ މަސައްކަތް ކުރެވެމުން ދާ ކަމަށް ވެސް ތޯރިގު ވިދާޅުވިއެވެ. ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ރައީސް ޔާމީން ދެވަަނަ ދައުރަކަށް އިންތިޚާބު ކުރަންޖެހޭ ކަމަށާއި ސަބަބަކީ ދިވެހި ރައްޔިތުންނަށް އަނެއްކާވެސް ތަރައްގީ ގެނެސް ދޭން އެމަނިކުފާނު ތައްޔާރަށް ހުންނެވީތީ ކަމަށް ތޯރިގު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ