މިހާރު އިންތިހާބުވެފައިވާ ކައުންސިލަރުންގެ ދައުރު ދަންމާލުމުގެ މައްސަލާގައި ޤާނޫނު އަސާސީ އިސްލާހު ކުރަން ސުޕްރީމް ކޯޓުން ލަފާދީފިއެވެ.ސުޕްރީމް ކޯޓުން ރައްޔިތުންގެ މަޖިލީހަށް މިގޮތަށް ލަފާ ދީފައިވަނީ، މިހާރު އިންތިހާބުކޮށްފައި ތިބި ކައުންސިލަރުންގެ މުއްދަތު ހަމަވާތީ، އަދި މިވަގުތު އިންތިހާބެއް ބޭއްވެން ނެތިގެން، ސަރުކާރުން ޤާނޫނު އަސާސީ އިސްލާހު ކުރަން ހުށަހެޅުމުން އެކަމުގައި މަޖިލީސް މެމްބަރުންގެމ ެދުގައި ހިޔާލު ތަފާތުވުން އުފެދި އެ މައްސަލާގައި ސުޕްރީމް ކޯޓުގެ ލަފައަކަށް އެދުމުންނެވެ. މިގޮތުން ސުޕްރީމް ކޯޓުން ދިން ލަފާގައި ބުނެފައިވަނީ ޤާނޫނުގެ މާއްދާއަކަށް އިސްލާހު ގެނައުމުގެ ބަދަލުގައި އެހެން ބިލަކުން ޤާނޫނު އަސާސީގެ 231 ވަނަ މާއްދާގެ ނައްސަށް އިސްލާހު ގެނެސް ނުވަތަ އެ މާޢްދާގެ ނައްސަށް ބަދަލު ގެނައުމުގެ ބަދަލުގައި، އެ މަޤްސަދަށްޓަކައި، ޤާނޫނު އަސާސީގެ 13 ވަނަ ބާބުގެ ފަހަތަށް އިންތިޤާލީ މާއްދާއެއް ހިމަނަން ފެންނަ ކަމަށެވެ. އަދި އެގޮތަށް ގެނެވޭ އިސްލާހު ގާނޫނުގެ ބައެއްގެ ގޮތުގައި ހިމެނޭ ތާރީހުން ފެށިގެން އެންމެ އަވަހަށް ބޭއްވޭ ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ބޭއްވެންދެން މިހާރު ތިބި ކައުންސިލަރުން އެ މަގާމުތަކުގައި ތިބޭނެ ކަމަށް ސަރީހަކޮށް ބަޔާންކޮށްފައި އޮންނަން ވާނެ ކަމަށްވެސް އެ ލަފާގައި ބުނެފައިވެއެވެ.މީގެ އިތުރުން، މި ގޮތަށް މާއްދާއެއް ހިމަނައިގެން ނޫނީ 4 އޭޕްރިލް 2020 ގައި ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ހަމަޖެއްސި އިންތިހާބު ފަސްކުރަން ޖެހުމާއި ގުޅިގެން އެ އިންތިހާބު ބޭއްވުމަށް ރައްކާތެރި މާހައުލެއް ޤާއިމްވެ އާ އިންތިހާބެއް ބޭއްވުމާ ހަމައަށް ދިމާވާ ޤާނޫނީ ހުސްކަން ޤާނޫނު އަސާސީ އާއި އެއްގޮތްވާ ގޮތުގެ މަތިން ފޫބެއްދޭނެ ކަމަށް ނުފެންނަ ކަމަށް ސުޕްރީމް ކޯޓުން ބުނެފައިވެއެވެ. 5 ފަނޑިޔާރުންގެ އިއްތިފާގުން މި ލަފާ ދެއްވާފައިވާއިރު މިއީ އަލަށް އެކުލަވާލެވުނު ބެންޗުން ދިން މިފަދަ ފުރަތަމަ ލަފާއެވެ.
މިލިޔުން ކިޔާލުމުން
0 %
އުފާވި
0 %
ދެރަވި
0 %
ރުޅިއައި
0 %
މައުލޫމާތު މުއްސަނދިވި
ކިޔުންތެރިންގެ ހިޔާލު
ފޮނުވާ
ސުޕްރީމް ކޯޓުން ލަފާ ދިނީ ޤާނޫނު އަސާސީގައި އިންތިޤާލީ މާއްދާއެއް ހިމަނަން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ