ސްކޮޓްލެންޑްގެ ގްލާސްގޯގައި މިހާރު ކުރިއަށްދާ 23 ވަނަ ކޮމަންވެލްތު ގޭމްސްގެ ދެ ވަނަ ދުވަހު، ކުރިއަށްދިޔަ އިވެންޓްތަކުގައި ރާއްޖޭގެ ޤައުމީ ސްވިމިންގ ޓީމުން ދެ ޤައުމީ ރެކޯޑެއް އައު ކޮށްފިއެވެ.
ޤައުމީ ރެކޯޑްތައް އައުކުރީ އަންހެނުންގެ 200 މީޓަރު ފްރީސްޓައިލް އިވެންޓްގައި ވާދަކުރި މެރާލް އައިން ލަތީފް އާއި ހަތަރެއް ގުނަ 100 މީޓަރު ފްރީ ސްޓައިލް އިވެންޓްގައި ވާދަކުރި މިކްސް ރިލޭ ޓީމުންނެވެ.
ކޮމަންވެލްތު ގޭމްސްގައި ވާދަކުރާ ރާއްޖޭގެ މިކްސް ރިލޭ ޓީމުގައި މެރާލްގެ އިތުރުން ހިމެނެނީ މުހައްމަދު އާން ހުސެއިން އާއި މުހައްމަދު ރިހާން ޝިހާމް އަދި އަމްނާ ތަޒްކިޔާ މިރުސާދެވެ.
200 މީޓަރު ފްރީސްޓައިލް އިވެންޓްގައި ވާދަކުރި މެރާލް ވަނީ ހީޓު އެކެެއްގެ ފަސް ވަނަ ހޯދައިފައެވެ. އެއީ، 2 މިނިޓް 25.08 ސިކުންތުން ނިންމައިގެންނެވެ. މިއީ ފާއިތުވި 10 އަހަރު އާ ނުކުރެވި އޮތް ރެކޯޑެކެވެ. އެންމެ ފަހުން، މި ރެކޯޑް ހެދީ 2016 ވަނަ އަހަރު ތައިލެންޑުގެ ސްޕީޑޯ އޭޖް ގްރޫޕް ސްވިމިން ޗެމްޕިއަންޝިޕްގައި، 2 މިނިޓް 25.32 ސިކުންތުން ރޭސް ނިންމައިގެންނެވެ.
މިކްސް ރިލޭ އިވެންޓްގައި ރާއްޖޭގެ ޓީމުގެ ޓައިމިން އަކީ، 4 މިނިޓް 00.64 ސިކުންތެވެ. މި އިވެންޓްގައި ރާއްޖެ ދިޔައީ ހަ ވަނަ އެވެ. އެންމެ ފަހުން، މިކްސް ރިލޭގެ މި އިވެންޓުން ރެކޯޑް ހަދާފައިވަނީ، މިދިޔަ އަހަރު ކުރިއަށްދިޔަ ވޯލްޑް އެކުއަޓިކްސް ޗެމްޕިއަންޝިޕްގައެވެ.
އާން، ތަކްޒިޔާ، މެރާލް އަދި ރިހާން ހިމެނުނު ރިލޭ ޓީމުން އެ ފަހަރު ރެކޯޑް ހެދި ޓައިމިން އަކީ، 4 މިނިޓް 04.21 ސިކުންތުންނެވެ.
ސްވިމިންގައި މިއަދު، ރާއްޖޭގެ އާން ވަނީ، ފިރިހެނުންގެ 50 މީޓަރު ފްރީ ސްޓައިލް އިވެންޓްގައި ވާދަކޮށްފަ އެވެ. ޖުމްލަ އަށް އެތުލީޓުން ހިމެނުނު މި ހީޓުގައި އާން ދިޔައީ ފަސް ވަނަށެވެ. ޓައިމިން އަކީ، 24.59 ސިކުންތެވެ.
ކޮމަންވެލްތު ގޭމްސްގައި 2 ޤައުމީ ރެކޯޑެއް އައުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ