ދެ މީހަކު 2،000ރ. އިން ޖޫރިމަނާ، އަނެއްމީހާ އަށް އައީ 4،000ރ. ގެ ޖޫރިމަނާއެއް

ސިނަމާލެ ބްރިޖުގައި ނުރައްކާތެރިކޮށް ސައިކަލު ދުއްވި މައްސަލާގައި ތިން މީހަކު ޖޫރިމަނާ ކޮށްފައިވާ ކަމަށް ފުލުހުން ރޭ ބުނެފި އެވެ. 
ސިނަމާލެ ބްރިޖުގައި ނުރައްކާތެރިކޮށް ސައިކަލު ދުއްވާ މަންޒަރު ފެންނަ ވީޑިއޯއެއް އާންމުވެފައި ވަނިކޮށް، އެ ސައިކަލުތައް 30 ދުވަހުގެ މުއްދަތަށް ޓޯކޮށްފައިވާ ކަމަށް ފުލުހުން ކުރިން ބުނެފައި ވެ އެވެ. 
ނަމަވެސް ސައިކަލްތައް ދުއްވި މީހުންނާ މެދު ހަރުކަށި ފިޔަވަޅު ނާޅާ ކަމަށް ބުނެ އާންމުން ކަންބޮޑުވުން ފާޅުކުރަން ފެށުމާއި މީޑިއާ އިން ސުވާލުތައް ކުރިމަތި ކުރުމާ އެކު، ފުލުހުން ދެންމެ ބުނި ގޮތުގައި ތިން މީހުންގެ ތެރެއިން ދެ މީހަކު ވަނީ 2،000ރ. އިން ޖޫރިމަނާ ކޮށްފަ އެވެ. ތިންވަނަ މީހާ 4،000ރ. އިން ޖޫރިމަނާކުރީ ތަކުރާރުކޮށް ނުރައްކާތެރިކޮށް ދުއްވުމުގެ ސަބަބުން ކަމަށް ފުލުހުން ބުންޏެވެ. 
އަދި ތިން ސައިކަލް 30 ދުވަހަށް ހިފެހެއްޓީ ި އާންމުންގެ ހިތްތަކަށް ބިރުވެރިކަން އުފެދޭ ގޮތަށް ނުރައްކާތެރިކޮށް، ދުއްވުމުން ކަމަށް ފުލުހުން މީޑިއާއާ ހިއްސާކުރި މެސެޖުގައި ވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ