ކޮމަންވެލްތު ގޭމްސްގައި ރާއްޖެ އަށް އިތުރު ދެ ގައުމީ ރެކޯޑެއް

ސްކޮޓްލެންޑްގެ
ގްލާސްގޯގައި މިހާރު ކުރިއަށްދާ 23
ވަނަ
ކޮމަންވެލްތު ގޭމްސްގެ ދެ ވަނަ ދުވަހު،
ކުރިއަށްދިޔަ އިވެންޓްތަކުގައި ރާއްޖޭގެ
ގައުމީ ސްވިމިން ޓީމުން ދެ ގައުމީ ރެކޯޑެއް
އާ ކޮށްފި އެވެ.
އެއީ،
އަންހެނުންގެ 200
މީޓަރު
ފްރީސްޓައިލް އިވެންޓްގައި ވާދަކުރި
މެރާލް އައިން ލަތީފް އާއި ހަތަރެއް ގުނަ
100
މީޓަރު
ފްރީ ސްޓައިލް އިވެންޓްގައި ވާދަކުރި
މިކްސް ރިލޭ ޓީމުންނެވެ.ކޮމަންވެލްތު
ގޭމްސްގައި ވާދަކުރާ ރާއްޖޭގެ މިކްސް
ރިލޭ ޓީމުގައި މެރާލްގެ އިތުރުން ހިމެނެނީ
މުހައްމަދު އާން ހުސެއިން އާއި މުހައްމަަދު
ރިހާން ޝިހާމް އަދި އަމްނާ ތަޒްކިޔާ
މިރުސާދު އެވެ.
MU STORE
MU STORE
Enterprise Development Industrial Pvt Ltd
މީގެ ކުރިން މި ފަހަރުގެ ކޮމަންވެލްތު ގޭމްސްގައި އާން ވަނީ، 50 މީޓަރު ބެކްސްޓްރޯކް އިވެންޓުގައި ވާދަކޮށް ގައުމީ ރެކޯޑް އާ ކޮށްފަ އެެވެ.  އަދި، ލޫތު މުހައްމަދު ހުސެއިން ވަނީ، 100 މީޓަރު ބްރެސްޓްރޯކް އިވެންޓުގައި ވާދަކޮށް ގައުމީ ރެކޯޑް ހަދައިފަ އެވެ. 
ކޮމަންވެލްތު ގޭމްސްގެ ސްވިމިންގެ ދެ ވަނަ ދުވަހު، 200
މީޓަރު
ފްރީސްޓައިލް އިވެންޓްގައި ވާދަކުރި
މެރާލް ވަނީ ހީޓު އެކެެއްގެ ފަސް ވަނަ
ހޯދައިފަ އެވެ.
އެއީ،
2
މިނިޓް
25.08
ސިކުންތުން
ނިންމައިގެންނެވެ.
މިއީ
ފާއިތުވި 10
އަހަރު
އާ ނުކުރެވި އޮތް ރެކޯޑެކެވެ.
އެންމެ
ފަހުން، މި ރެކޯޑް ހެދީ 2016
ވަނަ
އަހަރު ތައިލެންޑުގެ ސްޕީޑޯ އޭޖް ގްރޫޕް
ސްވިިމިން ޗެމްޕިއަންޝިޕްގައި، 2
މިނިޓް
25.32
ސިކުންތުން
ރޭސް ނިންމައިގެންެނެވެ.
މިކްސް
ރިލޭ އިވެންޓްގައި ރާއްޖޭގެ ޓީމުގެ
ޓައިމިން އަކީ، 4
މިނިޓް
00.64
ސިކުންތެވެ.
މި
އިވެންޓްގައި ރާއްޖެ ދިޔައީ ހަ ވަނަ
އެވެ.
އެންމެ
ފަހުން، މިކްސް ރިލޭގެ މި އިވެންޓުން
ރެކޯޑް ހަދާފައިވަނީ، މިދިޔަ އަހަރު
ކުރިއަށްދިޔަ ވޯލްޑް އެކުއަޓިކްސް
ޗެމްޕިއަންޝިޕްގަ އެވެ.
އާން،
ތަކްޒިޔާ، މެރާލް އަދި ރިހާން ހިމެނުނު
ރިލޭ ޓީމުން އެ ފަހަރު ރެކޯޑް ހެދި
ޓައިމިން އަކީ، 4
މިނިޓް
04.21
ސިކުންތުންނެވެ.
ސްވިިމިންގައި
މިއަދު، ރާއްޖޭގެ އާން ވަނީ، ފިރިހެނުންގެ
50
މީޓަރު
ފްރީ ސްޓައިލް އިވެންޓްގައި ވާދަކޮށްފަ
އެވެ.
ޖުމްލަ
އަށް އެތުލީޓުން ހިމެނުނު މި ހީޓުގައި
އާން ދިޔައީ ފަސް ވަނަ އެވެ ޓައިމިން
އަކީ، 24.59
ސިކުންތެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ