ތައުލީމީ ދާއިރާއިން ގުޅުން ބަދަހިކުރަން ބަންގްލަދޭޝްއާއެކު މަޝްވަރާކޮށްފި

މި މަޝްވަރާތައް ކުރިއަށްދިޔައީ ބަންގްލަދޭޝްގެ ޚާރިޖީ ވަޒީރު ރާއްޖެއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން ރައީސްގެ އަރިހަށް ކުރެއްވި އިޙްތިރާމުގެ ޒިޔާރަތުގައެވެ.
ބަންގްލަދޭޝްގެ ޚާރިޖީ ވަޒީރު ޑރ. ޚަލީލުއްރަޚްމާން ރާއްޖެއަށް ވަޑައިގެންނެވީ ރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް، ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމް ދެއްވި ދަޢުވަތަކަށެވެ. މި މަހުގެ 27 ގެ ނިޔަލަށް ކުރައްވާ މި ދަތުރުފުޅުގައި ރައީސް ވަނީ މިނިވަން ދުވަހުގެ ޚާއްސަ މެހެމާނެއްގެ ގޮތުގައި ވަޑައިގެންނެވީތީ ޝުކުރު އަދާކުރައްވާފައެވެ.
ޚާރިޖީ ވުޒާރާއިން މަޢުލޫމާތު ދޭގޮތުގައި، ދެ ވަޒީރުންގެ ބައްދަލުވުމުގައި މަޝްވަރާތައް ބިނާކުރެވޭނީ ދެ ޤައުމުގެ ޒަމާންވީ ގާތް އެކުވެރި ގުޅުން ހަރުދަނާކުރުމަށާއި، ދެ ޤައުމުން އިސްކަންދޭ ކަންތައްތަކުގައި ގުޅިގެން މަސައްކަތް ކުރުމުގެ މައްޗަށެވެ. އަދި ސަރަޙައްދީ އަދި ބައިނަލްއަޤްވާމީ މައްސަލަތަކުގައި ދެމެހެއްޓެނިވި ގޮތެއްގައި ގުޅިގެން މަސައްކަތް ކުރާނެ ގޮތްތަކާ ގުޅޭގޮތުންވެސް ޚިޔާލު ބަދަލުކުރައްވާނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ