ރާއްޖޭގެ މޫސުން މިދުވަސް ވަރު ގޯސްވެފައިވުމުން ކަނޑުދަތުރު ކުރައްވާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން އިލްތިމާސްކޮށްފި އެވެ.
ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަ ކުރާކޮށް ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކުރެވޭތީ މެޓް އޮފީހުން މިއަދު ވަނީ ވައިޓް އެލާޓެއް ވެސް ނެރިފައެވެ. މިއެލާޓް ނެރިފައި ވަނީ ކ. އޮތޮޅާއި ލ. އަތޮޅާއި ދެމެދުގެ ރަށްތަކަށް މިއަދު ހެނދުނު 10:15 އިންފެށިގެން މެންދުރު ފަހު 15:15 އާ އަމައަށެވެ.
މެޓް އޮފީހުން ބުނީ، ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖޭގެ މޫސުން ލަފާކުރާ ގޮތައް ބަލާއިރު، ދެކުނުގެ އަތޮޅުތަކަށް އިރާއި އިރު ދެކުނުން، ގަޑިއަކު 05 މޭލާ 15 މޭލު ދެމެދުގެބާރުމިނުގައި އަދި އެހެން ހިސާބުތަކަށް ހުޅަނގާއި ހުޅަނގުއުތުރުން ގަޑިއަކު 13 މޭލާ 23 މޭލު ދެމެދުގެބާރުމިނުގައި ވައިޖެހޭނެ ކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 45 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަަމަށް މެޓް އޮފީހުން މައުލުމާތު ދެއެވެ.
މެޓް އޮފީހުން ބުނީ، ދެކުނު އަތޮޅުތަކުގެ ކަނޑުތައް އާދައިގެވަރަކަށް މަޑުވެފައި ވިލާގަނޑުގައި އާދައިގެ ވަރަކަށް ގަދަވާނެ ކަމަށާއި އެހެންހިސާބުތަކުގެ ކަނޑުތައް ގަދަވާނެ ކަމަށެވެ. އަދި ދިޔަވަރުބޮޑުވާ ގަޑިތަކުގައި ބައެއް ރަށްތަކަށް އުދައިގެއަސަރުކުރުމަކީ އެކަށީގެންވާކަމެއް ކަމަށް މެޓް އޮފީހުން މައުލުމާތު ދެއެވެ.
މޫސުން ގޯސް، ދަތުރުކުރުމުގައި ސަމާލުވާން އިލްތިމާސްކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ