ގާޒީ ހަސަން ސައީދު ރިޓަޔާ ކުރައްވައިފި

ކްރިމިނަލް ކޯޓުގެ ގާޒީ ޙަސަން ސައީދު ފަނޑިޔާރުކަމުން ރިޓަޔާ ކުރައްވައިފިއެވެ.ކުރިން ފެމެލީ ކޯޓުގެ އިސް ގާޒީ ކަން ވެސް ކުރެއްވި ހަސަން ސައީދު ފަނޑިޔާރު ކަމުގައި ވޭތުވެދިޔަ 21 އަހަރު މަސައްކަތް ކުރައްވާ، މިއަދު މަގާމުން މުސްކުޅި ކުރައްވާފައިވާ ކަމަށް ޖުޑިޝަލް ސާވިސް ކޮމިޝަނުން ވަނީ އިއުލާނު ކޮށްފަ އެވެ.ޙަސަން ސައީދު މީގެ ކުރިން ވަނީ ފެމިލީ ކޯޓުގެ އިސްގާޒީކަންވެސް ކުރައްވާފައެވެ.މީގެ ކުރީން ވެސް މި ގާޒީ ގިނަ މައްސަަލަތަކެއް ޖޭއެސްސީން ބެލި އެވެ. އާންމުކޮށް ހުޅުވާލަައިގެން ޖޭއެސްސީން ކުރިއަށް ގެންދިޔަ މައްސަލައެއްގައި ދިފާއުގައި ވާހަކަ ދައްކަވަމުން ވަރަށް ބޮޑަށް ކީރިތި ކުރެއްވުމުން އެ ފަހަރު ގާޒީ ހަސަން ސައީދަށް އާންމުންގެ ސަމާލުކަން ވަރަށް ބޮޑަށް ހުއްޓުނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ