އިޒްރޭލުގެ ހަމަލާއެއްގައި ފަލަސްތީނުގައި ވޯލްޑް ކަޕް މެޗުތައް ސްރީންކޮށްދޭ މީހާ މަރުވެއްޖެ

ގާޒާ، ފަލަސްތީން (ޖުލައި 11) - ފަލަސްތީނުގެ އާއިލާތަކަށް ފީފާ ވޯލްޑް ކަޕްގެ މެޗުތައް ސްކްރީންގައި އަޅުވައިދިނުމުގެ އިންތިޒާމްގައި އިސްކޮށް ހަރަކާތްރިވާ، މަޝްހޫރު އެއިޑް ވޯކަރު، މުހައްމަދު އަލް ވަހީދީ، އިޒްރޭލުގެ ހަމަލާއެއްގައި މަރުވެއްޖެ އެވެ. 
ރިޕޯޓްތައް ބުނާގޮތުން، މިދިޔަ އަންގާރަ ދުވަހު، އުމުރުން 65 އަހަރުގެ އަލް ވަހީދީ މަރުވެފައިވަނީ، އިޒްރޭލުގެ އެއާސްޓްރައިކެއްގަ އެވެ.
Yes Maldives Pvt Ltd
MGH Group of Companies
Enterprise Development Industrial Pvt Ltd
Zetta Enterprises Pvt Ltd
MGH Group of Companies
އަލް ވަހީދީގެ މަރުވެފައި މި ވަނީ، އެމެރިކާ އާއި ކެނަޑާ އަދި މެކްސިކޯގައި މިހާރު ކުރިއަށްދާ ފީފާ ވޯލްޑް ކަޕްގެ މެޗުތައް، ގާޒާގެ ރައްޔިތުންނަށް ވަގުތުން ދައްކައިދިނުމުގައި މަސައްކަތްކުރުމުގައި އޭނާ ހަރަކާތްތެރިވެ އުޅެމުންދިޔަ ދުވަސްވަރެއްގަ އެވެ. 
ބީބީސީން ރިޕޯޓްކުރާގޮތުގައި، މަރުވިއިރު، އަލް ވަހީދީ ދަތުުރުކުރަމުންދިޔައީ، ގާޒާ ސިޓީ ތެރެއިން ޓެކްސީއެއްގަ އެވެ. އަދި، ސްބަރާ ނަމަކަށް ކިޔާ ސަރަހައްދެއްގައި، ޓެކްސީއެއްގައި ދުއްވާފައި ދަނިކޮށް އިޒްރޭލުގެ މިސައިލެއް އަމާޒުވީ އެ ޓެކްސީ އަށެވެ. ރިޕޯޓްތައް ބުނާގޮތުގައި، މިއީ، އިޒްރޭލުން ސީދާ ވަހީދީ މަރާލުމަށް ދިން ހަމަލާއެކެވެ. 
މި ހަމަލާގައި އަލް ވަހީދީގެ އިތުރުން ތިން މީހަކު ވަނީ މަރުވެފަ އެެވެ. އޭގެ ތެރޭގައި، އަލް ވަހީދީގެ އާއިލާ ދެ މެމްބަރުން ވެސް ހިމެނެ އެވެ. 
ފާއިތުވި ހަފްތާތަކުގައި، އަލް ވަހީދީ އަށް ސޯޝަލް މީޑިއާގައި ގިނަ ބަޔެއްގެ ސަމާލުކަން ހުއްޓިގެން ގޮސްފައިވަނީ، ގާޒާގެ ދެއީރް އަލް ބާލަ އާއި އަލް މަސާވީ ސަރަަހައްދުތަކުގައި ސްކްރީން ބަހައްޓައިގެން، އާންމުންނަށް ވޯލްޑް ކަޕްގެ މެޗުތައް ދައްކައިދޭ މީހެއްގެ ގޮތުގަ އެވެ. ބޮޑެތި ސްކްރީންތަކުގައި ފަލަސްތީނުގެ ރައްޔިތުން ވޯލްޑް ކަޕްގެ މެޗުތައް ވަގުތުން ބަލަމުންދިޔަ މަންޒަރުތައް އަލް ވަހީދީގެ ސޯޝަލް މީޑިއާ އިން ވެސް ވަނީ ދައްކައިފަ އެވެ. 
ރިޕޯޓްތައް ބުނާގޮތުން، އަލް ވަހީދީ މަރުވެފައިވަނީ، ވޯލްޑް ކަޕްގެ ގަދަ 16 ބުރުގައި، މިސްރާއި އާޖެންޓީނާ ކުޅުނު މެޗު ދައްކަން އިތުރު ސްކްރީންތަކެއްގެ އިންތިޒާމް ހަމަޖެއްސުމުގެ ތެރޭގައި އުޅެމުންދަނިކޮށެެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ