ސްޕެއިނުން ފްރާންސް ދެކެ ޖެހިލުމެއް ނުވެ ކެރިގެން ނުކުންނަން ޖެހޭ: ޔަމާލް

ލޮސް އެންޖެލްސް، ޔުނައިޓެޑް ސްޓޭޓްސް (ޖުލައި 11) - މި ފަހަރުގެ ފީފާ ވޯލްޑް ކަޕްގެ ސެމީ ފައިނަލުގައި ސްޕެއިނުން ފްރާންސާ ދެކޮޅަށް ކުޅެން ޖެހިފައިވާއިރު، އެ މެޗަށް ޖެހިލުންނުވެ، ކެރިގެން ސްޕެއިނުން ކުރިމަތިލާން ޖެހޭ ކަމަށް އެ ޓީމުގެ ތަރި، ލަމީން ޔަމާލް ބުނެފި އެވެ. 
ސޯޅަ އަހަރަށް ފަހު، ސްޕެއިނުން ވޯލްޑް ކަޕްގެ ސެމީ ފައިނަލުގެ ޖާގަ ހޯދީ ރޭ ކުޅުނު ކުއާޓާ ފައިނަލް މެޗުގައި 2-1 އިން ބެލްޖިއަމް ބަލިކޮށްފަ އެވެ. ސްޕެއިނުން އަންގާރަ ދުވަހުގެރޭ، ސެމީ ފައިނަލުގައި ފްރާންސާ ކުޅޭއިރު، މިއީ، ފްރާންސް އިން ވޯލްޑް ކަޕް ފައިނަލުގައި ޖެހިޖެހިގެން ކުޅޭ ތިން ވަނަ ފަހަރެވެ. ފްރާންސް އިން ވަނީ، 2018 ގެ ވޯލްޑް ކަޕް ކާމިޔާބުކޮށް، 2022 ގެ ފައިނަލުން ބަލިވެފަ އެވެ. 
MGH Group of Companies
MU STORE
Yes Maldives Pvt Ltd
Zetta Enterprises Pvt Ltd
MGH Group of Companies
ސްޕެއިނުން ބެލްޖިއަމް ކައިރިން ލީޑުނެގި ފަބިއަން ރުއީޒް ޖެހި ގޯލުންނެވެ. ބެލްޖިއަމްގެ ޗާލްސް ޑ ކަޓަލާރޭގެ ލަނޑުން އެ ޓީމުން އެއްވަރުކުރިއިރު، މެޗު ނިމެން ދެ މިނިޓަށް ވެފައިވަނިކޮށް، ސްޕެއިން މޮޅުކޮށްދިން ލަނޑު ޖެހީ ބެންޗުން އެރި މިކޭލް މެރީނޯ އެވެ. މިއީ، ބެންޗުން އަރައި މެރީނޯ، ސްޕެއިން މޮުޅުކޮށްދިން ދެ ވަނަ މެޗެވެ. 
މިކޭލް މެރީނޯ ފަހު ވަގުތު ޖެހި ލަނޑާއެކު 2-1 އިން ބެލްޖިއަމް ބަލިކޮށް، ސްޕެއިން ވަނީ ވޯލްޑް ކަޕްގެ ސެމީ ފައިނަލަށް ދަތުރުކޮށްފައެވެ. ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ ސެމީ ފައިނަލުގައި ސްޕެއިން ބައްދަލުކުރަން ޖެހޭނީ ފްރާންސާއެވެ.
ބެލްޖިއަމާ ދެކޮޅަށް ރޭ ސްޕެއިން ކުޅުނު މެޗަށް ފަހު، ދިން އިންޓަވިއުއެއްގައި ޔަމާލް ބުނެފައިވަނީ، ސެމީގައި ފްރާންސާ ދެކޮޅަށް ކުޅެން ޖެހުމަކީ ލިބިގެންދިޔަ ބޮޑު ހިތްހަމަޖެހުމެއް ކަމަށާއި ވޯލްޑް ކަޕްގެ ލެވަލްގެ މުބާރާތެއްގައި އެންމެ ވަރުގަދަ ޓީމުތަކާ ކުޅެން ޖެހޭނެ ކަމަށެވެ.
"ވަރަށް އުފަލުން މި ހުރީ ސެމީ ފައިނަލަށް ދިޔައީމަ. އަހަރެެމެން މި ދަނީ ކުރިއަށް. އަހަންނަށް އަސްލު ކުޅުން އަދިވެސް ދައްކަން މި އުނދަގޫވަނީ ކުޅުންތެރިން ވަރަށް ރަނގަޅަށް ޖާގަތައް ބަންދައިގެން މި ކުޅެނީ،" ޔަމާލް ބުންޏެވެ. 
"ސެމީ ފައިނަލުގައި ބިރެއް ނެތް. އަހަރެމެން އެންމެ ފަހުން ކުޅުނު ދެ މެޗުގައި ވެސް ފްރާންސް އަތުން ވާނީ މޮޅުވެފައި،" 
މިއީ، މި ފަހަރުގެ ވޯލްޑް ކަޕްގެ ތެރެއިން، އިންޓަވިއުއެއްގައި ޔަމާލް، ފްރާންސާ ބެހޭގޮތުން ވާހަކަ ދެއްކި ދެ ވަނަ ފަހަރެވެ. އެ ގޮތުން، މީގެ ކުރިން، ޔަމާލް ވަނީ، ފްރާންސް އަކީ ސްޕެއިނަށް ވުރެން މޮޅު ޓީމެއް ނޫން ކަމަށް ބުނެފަ އެވެ.  ޔަމާލް މި ގޮތަށް ބުނެފައިވަނީ، ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތް ކާމިޔާބުކުރާނެ ކަމަށް ފޭވަރިޓެއްގެ ގޮތުގައި ގިނަ ބަޔަކު ބުރަވަނީ ފްރާންސް ކަމަށް ބުނެ އަމާޒުވި ސުވާލަަކަށް ދިން ޖަވާބުގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ