އެފްއޭއެމް 19 އަހަރުން ދަށުގެ މުބާރާތުގެ ތާވަލުގެ ކުރީގައި މާޒިޔާ އާއި އޮޑީގެ ކުރިމަތިލުމެއް

މިހާރު ކުރިއަށްދާ އެފްއޭއެމް 19 އަހަރުން ދަށުގެ ޔޫތު ޗެމްޕިއަންޝިޕްގެ ލީގު ބުރުގެ ފަހު މެޗުތަކާ ހަމައަށްދިޔައިރު، ލީގު ތާވަލުގެ ކުރީގައި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އާއި އޮޑި ސްޕޯޓްސް ކްލަބްގެ ވާދަވެރިކަން ބޮޑުވެއްޖެ އެވެ. 
ޖުމްލަ އެކު، ހަ ޓީމާ އެކު ކުރިއަށްދާ ޔޫތު ޗެމްޕިއަންޝިޕްގައި ބާކީ ކޮންމެ ޓީމަކަށް ވެސް އޮތީ އެންމެ މެޗެެކެވެ. އެ ގޮތުން، އެންެމެ ރަނގަޅު ނަތީޖާ ނެރޭ ދެ ޓީމެއް ފައިނަލުގައި ކުޅެން ޖެހޭ ގޮތަށް މުބާރާތުގެ ފޯމެޓް އޮތްއިރު، މި ވަގުތު ތާވަލުގެ އެއް ވަަނައިގައި އޮތް މާޒިޔާ އާއި ދެ ވަނައިގައި އޮތް އޮޑި އަށް ވަނީ ހަތަރު މެޗުން 10 ޕޮއިންޓް ލިބިފަ އެވެ. ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބްގެ އޮތީ ހަތަރު މެޗުން އަށް ޕޮއިންޓެވެ. ފައިނަލުގެ ޖާގަ ހުޅުވިފައި އޮތީ މި ތިން ޓީމަށެވެ. 
Enterprise Development Industrial Pvt Ltd
Zetta Enterprises Pvt Ltd
MU STORE
MGH Group of Companies
MGH Group of Companies
ފައިނަލް ބުރަށް ބަލާއިރު، މާޒިޔާ އާއި އޮޑިން ޖެހޭނީ އެއް ޓީމު އަނެއް ޓީމާ ވާދަކުރާށެވެ. ނިއު އަށް އޮތީ ބުރު ސްޕޯޓްސް ކްލަބާ ކުޅޭ މެޗެވެ. ލީގު ބުރު ނިމޭއިރު، ތިން ޓީމު އެއްވަރުވެ، ލަނޑުގެ ތަފާތުން ފައިނަަލަށް ދާނެ ދެ ޓީމެއް ކަނޑައެޅުމުގެ ފުރުސަތު ވެސް އެބައޮތެވެ. 
ލީގު ބުރުގައި އެންމެ ފަހުން ކުޅުނު މެޗުތަކުގެ ނަތީޖާ އަށް ބަލާއިރު، މާޒިޔާ އިން ވަނީ ވ. ކެޔޮދޫ އަތުން 7-0 އިން މޮޅުވެފަ އެވެ. ލަނޑުތައް ޖެހީ، މުހައްމަަދު އިލާން އިމްރާން ހަތަރު ލަނޑުގެ އިތުރުން، ނައްސާހް އިބްރާހިމް. ނާސިރު، އަނޫފް އަބްދުﷲ އަދި ނަހީކް އަހުމަދު ނިޔާޒް އެވެ. 
އޮޑިން ވަނީ 3-1 އިން ބުރު ބަލިކޮށްފަ އެވެ. އޮޑީގެ ލަނޑުތައް މުހައްމަދު ޝަޔާން ޝިފާއު، ނާއިލް ޔޫސުފް އަދި ހުސެއިން ޝުހާދު ސުހާން ޖެހިއިރު، ބުރުގެ ހަމައެކަނި ލަނޑު ޖެހީ އިބްރާހިމް ނާއިޝް ނާޒިމް އެވެ. ނިއު އިން ވަނީ ޓީސީ އަތުން 6-2 އިން މޮޅުވެފަ އެވެ. ނިއުގެ ލަނޑުތައް ޖެހީ، މުހައްމަދު އިޒާން އަލީ ހެޓްރިކެއްގެ އިތުރުން، ޒާކީ މުޖުތަބާ ޒާހިރު އެވެ. ޓީސީގެ ލަނޑުތައް ޖެހީ، މާއިޝް މުހައްމަދު އާއި ރާއިން ހާޝިމް އެވެ. 
ލީގު ތާވަލުގެ ހަތަރެއްގައި އޮތް ބުރު އާއި ފަސް ވަނައިގައި އޮތް ކެޔޮދޫ އަށް ހަތަރު މެޗުން ތިން ޕޮއިންޓް ލިބިފާއިރު، ފުލުގައި އޮތް ޓީސީ ވަނީ ހަތަރު މެޗުން ވެސް ބަލިވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ