ގިނަ ބަޔަކު އިންތިޒާރު ކުރަމުންދިޔަ ދިރާގުގެ 'ވިން 2 ސްޕީޑްބޯޓްސް' ޕްރޮމޯޝަންގެ ދަށުން ދޭ ފަހު ސްޕީޑްބޯޓް ލިބޭ ނަސީބުވެރިޔާ ރޭ ހޮވައިފި އެވެ.
މި ޕްރޮމޯޝަންގެ އެންމެ ފަހު ނަސީބުވެރިޔާ ހޮވުން ކުރިއަށްދިޔައީ އާޓިފިޝަލް ބީޗުގައި ބޭއްވި ކުލަގަދަ އިވެންޓެއްގައެވެ. ދިރާގުގެ މޮބައިލް އަދި ފައިބާ ބްރޯޑްބޭންޑް ކަސްޓަމަރުންގެ މެދުގައި ނެގި މި ގުރުއަތުން، ޔަމަހާ 250 ހޯސްޕަވަރުގެ އިންޖީނަކާ އެކު ދޭ 'އަލް ޝާލީ މެރިން ކެނެރީ 28' މޮޑެލްގެ ލަގްޒަރީ ސްޕޯޓްސް ސްޕީޑްބޯޓް ލިބޭ ނަސީބު ވެރިޔަކަށް ހޮވުނީ މާލެއަށް ނިސްބަތްވާ މުހައްމަދު ޔޫސުފް ކިޔާ މީހަކަށެވެ.
މި ގުރުއަތުލުމުގެ މަރުހަލާ ދެފުށް ފެންނަ، އަދި އިންސާފުވެރިކަމާ އެކު ކުރިއަށް ގެންދިއުމަށްޓަކައި ދިރާގުން ވަނީ އޮޑިޓަރެއްގެ ގޮތުގައި 'ނެކްސާ މޯލްޑިވްސް' އައްޔަންކޮށްފަ އެވެ. އެގޮތުން ނެކްސާ މޯލްޑިވްސް އިން ވަނީ ގުރުއަތުގެ ހުރިހާ މަރުހަލާއެއް ގާތުން ބަލައި، ގުރުއަތުލުން ކުރިއަށްދިޔަ ވަގުތު އެ ސަރަހައްދުގައި ހަރަކާތްތެރިވެފައެވެ.
އާޓިފިޝަލް ބީޗުގައި ބޭއްވި މި ހާއްސަ އިވެންޓު ފަޅުފިލުވައިދިނީ 'އެކަތި' ބޮޑުބެރު ގްރޫޕާއި މަޝްހޫރު ލަވަކިޔުންތެރިޔާ ސަމީއުގެ ފޯރިގަދަ ހުށަހެޅުންތަކުންނެވެ.
ދިރާގަކީ އަބަދުވެސް ކަސްޓަމަރުންގެ އަގުވަޒަންކުރުމުގެ ގޮތުން މިފަދަ ބޮޑެތި އަދި އަގުހުރި ޕްރޮމޯޝަންތައް ބާއްވަމުން، ދިވެހިން ޑިޖިޓަލް ރާއްޖެއަކަށް ވާސިލްވުމަށް ދެގޮތެއް ނެތް އެހީތެރިކަމެއް ފޯރުކޮށްދެމުންދާ ކުންފުންޏެކެވެ.
ދިރާގުން ދޭ ދެ ވަނަ ލޯންޗުގެ ނަސީބުވެރިޔާ އިއުލާނުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ