ހޯރަފުށީގައިވެސް އައިޑީކާޑް ޕްރިންޓްކުރަން ފަށައިފި
ދިވެހި ރައްޔިތެއްކަން އަންގައިދޭ އައިޑީ ކާޑު، ޕްރިންޓް ކުރުމުގެ ހިދުމަތް ހއ. ހޯރަފުށީގައި ފަށައިފި އެވެ.މިއަހަރުގެ ތެރޭގައި ހުރިހާ އަތޮޅެއްގައި އައިޑީ ކާޑާއި ޕާސްޕޯޓު ހެދުމުގެ ހިދުމަތް ފެށުމަށް ސަރުކާރުން ނިންމާ އެ ޕްރޮގްރާމް އިފްތިތާހުކުރީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައެވެ. އައިޑީ ކާޑު ޕްރިންޓް ކުރުމުގެ ހިދުމަތް ފަށާފައި ވަނީ ހއ. ހޯރަފުށީ ކައުންސިލްގެ އެހީތެރި ކަމާއި އެކުގައި ކަމަަށް ޑިޕާޓްމެންޓް އޮފް ނެޝަނަލް ރެޖިސްޓެރޭޝަން (ޑީއެންއާރް) އިން ވަނީ ބުނެފަ އެވެ. މި ހިދުމަތާއި އެކު ހޯރަފުށީ ރައްޔިތުން މާލެ ނައިސް މިހާރު ރަށުގައި ތިބެ އައީޑީކާޑަށް އެދި އައީޑީކާޑު ނެގުމުގެ ފުރުސަތު ލިބޭނެ އެވެ. ހޯރަފުށީގައި މި ހިދުމަތް ފެށުމުން ވެރިރަށް މާލެ ފިޔަވާ ރާއްޖޭގެ 23 ރަށަކުން އައިޑީކާޑް ޕްރިންޓްކޮށް ދޫކުރުމުގެ ހިދުމަތް މިހާރު ލިބޭނެކަަމަށް ޑިޕާޓްމެންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަނުން ބުނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ