ތިންހާހަށްވުރެ ގިނަ ބައިވެރިންނާއެކު އައްޑޫގައި އުރީދޫ ފަން ރަން ނިންމައިލައިފި
ތިންހާހަށްވުރެ ގިނަ ބައިވެރިންނާއެކު އައްޑޫ ސިޓީގައި "އުރީދޫ ފަން ރަން 2025" މިއަދު ބާއްވައި ނިންމައިލައިފިއެވެ. އުރީދޫ ފަން ރަންއަކީ ކޮންމެ އަހަރަކު އެ ކުންފުނިން ބާއްވާ ހަރަކާތްތަކުގެ ތެރެއިން އާންމުންގެ މެދުގައި އެންމެ މަގުބޫލު އެއް ހަރަކާތެވެ. މިއަދު އައްޑޫގައި އޮތް ދުވުން ފެށީ އެ ކަމަށް ޚާއްސަކޮށް އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރާއި، ޑެޕިއުޓީ މޭޔަރު މުޙައްމަދު ޝުއާއު، އުރީދޫ މޯލްޑިވްސްގެ ސީއީއޯ އަދި އެމްޑީ ޚާލިދު އަލް ހަމާދީ، އާއި ސީސީއޯ ހުސައިން ނިޔާޒާއި، ހެޑް އޮފް ކަސްޓަމާ ކެއާ، ދިޔާނާ އަފީފު ނެގި ސެލްފީއަކުންނެވެ. https://x.com/OoredooMaldives/status/1938578218614980800 މި ހަރަކާތުގެ ތެރެއިން ހުރިހާ އުމުރުފުރައެއްގެ މީހުން ވެސް ވަނީ ހިތްގައިމު މަޖާ އަދި އާއިލާއާއި ރައްޓެހިންނާއެކު ބައިވެރިވެ ގުޅުން ބަދަހިކޮށްފައެވެ. ގިނަ އަދަދެއްގެ ކުޑަކުދިންނާއި، ޒުވާނުންނާއި، އާއިލާތަކުން ބައިވެރިވެފައިވެއެވެ. މި ހަރަކާތުގެ ތެރެއިން ވަނީ އައްޑޫސިޓީގެ މަގުތަކަށް ކުލައާއި އުފާވެރިކަމާއި ހަކަތައިގެ "އީދެއް" ގެނުވައިފައެވެ. މި ދުވުމުގައި ބައިވެރިވާ ދުވުންތެރިންނަށް ޚާއްސަކޮށް މަގުމަތީގައި ކުލަ ޖެހުމާއި މިއުޒިކް އަދި އިންފްލެޓޭބަލް ސްޓޭޝަންތައް އައްޑޫގައި ވެސް ހުއްޓެވެ. މިއީ ކޮންމެ އަހަރަކު ވެސް އުރީދޫން ބާއްވާ ހަރަކާތްތަކުގެ ތެރެއިން އާންމުންގެ މެދުގައި އެންމެ މަގުބޫލު އެއް ހަރަކާތެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ