3،000 އަށް ވުރެ ގިނަ ބައިވެރިންނާ އެކު، އުރީދޫ ފަން ރަން ނިންމައިލައިފި

އުރީދޫން އިންތިޒާމު ކޮށްގެން 3،000 އަށް ވުރެ ގިނަ ބައިވެރިންނާ އެކު "އުރީދޫ ފަން ރަން އައްޑޫ ސިޓީ 2025" މިއަދު ހަވީރު ފޯރިއާ އެކު ނިންމާލައިފި އެވެ.އުރީދޫ ފަން ރަންއަކީ ކޮންމެ އަހަރަކު އެ ކުންފުނިން ބާއްވާ ހަރަކާތްތަކުގެ ތެރެއިން އާންމުންގެ މެދުގައި އެންމެ މަގުބޫލު އެއް ހަރަކާތެވެ.މިއަދު އައްޑޫގައި އޮތް ދުވުން ފެށީ އެ ކަމަށް ޚާއްސަކޮށް އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރާއި، ޑެޕިއުޓީ މޭޔަރު މުޙައްމަދު ޝުއާއު، އުރީދޫ މޯލްޑިވްސްގެ ސީއީއޯ އަދި އެމްޑީ ޚާލިދު އަލް ހަމާދީ، އާއި ސީސީއޯ ހުސައިން ނިޔާޒާއި، ހެޑް އޮފް ކަސްޓަމާ ކެއާ، ދިޔާނާ އަފީފު ނެގި ސެލްފީއަކުންނެވެ."ރާއްޖޭގެ އެންމެ އުފާވެރި 5ކޭގެ ގޮތުގައި ބާއްވާ މި ހަރަކާތަކީ އާއިލާތަކާއި ރަހުމަތްތެރިންނަށް އުފާވެރިކަމާއި ހިނިތުންވުމާއި ހަނދާން ނައްތާ ނުލެވޭ ފަދަ ހަރަކާތްތަކަކުން ފުރިގެންވާ ދުވުމެކެވެ،" އުރީދޫން ބުންޏެވެ.ފަން ރަން ނިންމާލި ކޮންމެ ދުވުންތެރިއަކަށް ހާއްސަ މެޑަލްއެއް އުރީދޫން ދިނެވެ. އެއީ އައްޑު އަށް ހާއްސަ ދޫންޏެއް ކަމަށް ބަލަމުން އަންނަ "ދޮންދީނި" ރަމްޒު ކޮށްދޭ ގޮތަށް ތައްޔާރު ކޮށްފައިވާ މެޑަލްއެކެވެ.އުރީދޫ ފަން ރަން އަކީ ކޮންމެ އަހަރަކު އެ ކުންފުނިން ބާއްވަމުން އަންނަ ހަރަކާތްތަކުގެ ތެރެއިން އާއްމުންގެ މެދުގައި އެންމެ މަގުބޫލު އެއް ހަރަކާތެވެ. މިދިޔަ އަހަރު ހުޅުމާލޭގައި ބޭއްވި މަޖާ އަދި ވަރަށް ބޮޑަށް ފޯރި ނެގި މި ހަރަކާތްތަކުގައި 6،500 އަށް ވުރެ ގިނަ މީހުން ވަނީ ބައިވެރިވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ