އެފްއޭއެމް އަސާސީ ގަވާއިދު ފާސްކޮށް، އިންތިހާބު އަންނަ މަހު

ފީފާގެ ސަސްޕެންޝަނަކާ ކުރިމަތިވުމުގެ ބިރު އޮތް ރާއްޖޭގެ ފުޓްބޯޅައިގެ މައި އިދާރާ، އެފްއޭއެމްގެ އާ އަސާސީ ގަވާއިދު މިއަދު ފާސްކޮށް އެ ފިޔަވަޅާ ދުރަށް ޖެހިލައިފި އެވެ.މީގެ އިތުރުން އަންނަ މަހުގެ ނިޔަލަށް އެފްއޭއެމް ހިންގަން ފީފާ އިން ކަނޑައެޅި ނޯމަލައިޒިން ކޮމިޓީގެ ދައުރު ހަމަވާއިރު، އޭގެ ކުރިން، ޖުލައި މަހުގެ 26 ވަނަ ދުވަހު އެފްއޭއެމްގެ އިންތިހާބު ބޭއްވުމަށް ވަނީ ފާސްކޮށްފައެވެ.މިދިއަ އަހަރު ބާއްވަން އުޅުނު އެފްއޭއެމްގެ އިންތިހާބު ދެ ފަހަރަށް ކެންސަލްކުރަން ޖެހުމުގެ މައިގަނޑު ސަބަބަކަށް ވެސް އޮތީ އިންތިހާބަށް ނުކުންނެވި ކުރީގެ ގައުމީ ޓީމުގެ ފޯވަޑް އަހުމަދު ތޯރިގު (ޓޮމް)އަށް ތިން ކްލަބެއްގެ ތާއީދު ނެތް ކަމަށް، އޭރު އެފްއޭއެމްގެ އިންތިހާބީ ކޮމިޓީން ނިންމި ނިންމުމެވެ.އެ ނިންމުންތައް ފީފާ އާއި އޭއެފްސީން ބާތިލްކޮށް، ފީފާގެ ނޯމަލައިޒޭޝަން ކޮމިޓީއެއްގެ ބެލުމުގެ ދަށަށް އެފްއޭއެމް ގެންދިޔަ އެވެ. އެ ކޮމިޓީގެ މުއްދަތު ޖުލައި މަހު ހަމަވާއިރު އޭގެ ކުރިން އާ އިންތިހާބެއް ބާއްވައި އެފްއޭއެމްގެ އާ ހިންގާ ކޮމިޓީ އެކުލަވާލަން ޖެހެ އެވެ.އާ އަސާސީ ގަވާއިދުގައި މިހާރު ބުނަނީ ކުރިމަތިލާ ކެންޑިޑޭޓުންނަށް މަދުވެގެން އެއްވަނަ ޑިވިޒަނުގެ ދެ ކްލަބާއި ދެވަނަ ޑިވިޒަންގެ ތިން ކްލަބުގެ ތާއީދު ބޭނުންވާނެ ކަމަށެވެ.އާ އަސާސީ ގަވާއިދަށް ދެން ގެނައި ބަދަލަކީ އެއްވަނަ ޑިވިޒަންގެ ޓީމުތަކުގެ އަދަދު 10 އަަށް އަދި ދެވަނަ ޑިވިޒަންގެ ކްލަބްތަކުގެ އަދަދު 13އަށް އިތުރުކުރުމެވެ. މީގެ ތެރެއިން އެއްވަނަ ޑިވިޒަންގެ ކޮންމެ ޓީމަކަށް ދެ ވޯޓު އަދި ދެވަނަ ޑިވިޒަންގެ ކޮންމެ ޓީމަކަށް އެއް ވޯޓުގެ ހައްގު ލިބެ އެވެ.މި ކޮންގްރެސްގައި 23 ކްލަބްގެ ތެރެއިން 21 ކްލަބުން މަަންދޫބުން ބައިވެރިވިއެވެ. ބައިވެރިނުވާ ދެ ކުލަބަކީ ކްލަބް އީގަލްސް އާއި ޔުނައިޓެޑް ވިކްޓްރީއެވެ. ގަވާއިދުގައި ހިމަނަން ބޭނުންވާ މާއްދާތަަކަށް ވޯޓު އެހީ އެއްކޮށެވެ. އަދި ބައިވެރިވި ހުރިހާ ކްލަބެއްގެ އިއްތިފާގުން ވަނީ ފާސްކޮށްފަ އެވެ.އަސާސީ ގަވާއިދަށް ގެނައި އިސްލާހުތައްރީޖަނަލް މުބާރާތްތައް ބޭއްވުމުގެ ހިންގާ ކޮމިޓީން ކަނޑައަޅާ ގޮތެއްގެ މަތިން ބޭއްވުމުގެ އިހުތިޔާރު ދިނުންހިންގާ ގަވާއިދަށް އަމަލުކުރަން ފަށާތާ އެއް އަހަރު ދުވަހުގެ ތެރޭގައި އަލަށް ހޮވޭ ހިންގާ ކޮމިޓީން އަންހެނުންގެ ފުޓްބޯޅަ މުބާރާތެއްގެ އޮނިގަނޑެއް އެކުލަވާލައި ކޮންގްރެސް އަށް ހުށަހެޅުންހިންގާ ކޮމިޓީގައި މަދުވެގެން ދެ އަންހެން މެމްބަރުން ތިބެންޖެހޭނެ ކަމަށް ކަނޑައެޅުންއޮޑިޓް އެންޑް ކޮމްޕްލަޔަންސް އަދި ޖުޑީޝަލް ބޮޑީތަކުގެ މިނިވަންކަން ކަށަވަރުކުރުމަށް ހުރި މިންގަނޑުތައް އިތުރަށް ހަރުދަނާކޮށް، ކޮންފްލިކްޓް އޮފް އިންޓަރެސްޓް އަދި އިންޓެގްރިޓީ ޗެކްސް ހިމެނުންމާލީ ހިންގުމާ ބެހޭ މައުލޫމާތާއި އޮޑިޓް ރިޕޯޓާއި އޮޑިޓް އެންޑް ކޮމްޕްލަޔަންސް ކޮމިޓީގެ އަހަރީ ރިޕޯޓާއި ހިންގާ ކޮމިޓީގެ މެމްބަރުންނަށް ދޭ މުސާރަ އާއި އިނާޔަތްތަކާ ބެހޭ މައުލޫމާތު ޝާއިއުކުރަންޖެހޭ ގޮތަށް ކަނޑައެޅުންފައިސާގެ ބޮޑެތި މުއާމަލާތްތަކާއި ހަރަދުތަކާއި އިންވެސްޓްމަންޓްތަކާއި އެއްބަސްވުންތައް ހިންގާ ކޮމިޓީގެ ހުއްދަ ހޯދައިގެން މެނުވީ ނުކުރެވޭ ގޮތަށް ކަނޑައެޅުންމީގެ އިތުރުން ‎ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބާއި ވިކްޓަރީ ސްޕޯޓްސް ކުލަބަށް އަލުން ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ދާއިމީ މެންބަރުކަން މިއަދު ވަނީ ދީފަ އެވެ.އެ ދެ ކުލަބަކަށް އަލުން މެންބަރުކަން ދިނުމަށް އަސާސީގަވާއިދުގައި ހިމަނާ ހާޒިރުވި 21 މެންބަރުން އިއްތިފާޤުން އެފްއޭއެމްގެ އަސާސީގަވާއިދު ވަނީ މިއަދު ފާސްކޮށް ފައެވެ.މިއާއެކު އަންނަ މަހުގެ 26 ގައި ބާއްވާ އެފްއޭއެމްގެ އިންތިހާބުގައި ބައިވެރިވުމުގެ ފުރުސަތު ނިއުރޭޑިއަންޓާއި ވިކްޓްރީއަށްވެސް ލިބޭނެ އެވެ.މި ބަދަލާއެކު ނިއުރޭޑިއަންޓާއި ވިކްޓްރީއަށް އެފްއޭއެމްގެ ކޮންގްރެސްގައި ވޯޓު ދިނުމުގެ ފުރުސަތު ފަހިވާނެއެވެ. މި ދެކުލަބަކަށް އެފްއޭއެމްގެ މެންބަރުކަން މި ލިބުނީ ހަ އަހަރަު ދުވަހަށްފަހު އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ