އާއަހަރަކަށްފަށާއިރު ކުރީ އަހަރު ކުރެވުނު ފާފަތަކުގެ ހިސާބު ބަލާފަދައިން ބައިވެރިޔާއަށް ބޭވަފާތެރިވި ޢަދަދާ ހިތުގަ ޖެއްސުނު ވަރުވެސް ނުބަލައި އުފާވެރި ދިރިއުޅުމެއް ނުލިބޭނެ!

މުސްލިމުންނަށް އޮތީ ޤިޔާމަތް ދުވަހާއި ބައްދަލުކުރަންޖެހި އެމީހަކު ކުރި ޢަމަލުތަކުގެ ޙިސާބު ﷲ ތަޢާލާ ބެއްލެވުމުގެ ކުރިން އަމިއްލައަށް އެހިސާބު ބަލައި އުޅުން އިޞްލާޙްކޮށް ކުރާ ހެޔޮ ޢަމަލުތައް ގިނަކުރަން މަސައްކަތްކުރުމެވެ.  
ކޮންމެ ދުވަހަކުވެސް އެކަންކުރަންޖެހެއެވެ. ނިދުމުގެ ކުރިން އެކަންކޮށްގެން ނޫނީ މާދަމާއއަކަށް ތައްޔާރެއް ނުވެވޭނެއެވެ. ހަމަ އެއާއިއެކު މިބުނި މަގުން ހެޔޮ ޢަމަލުތައް ކުރުން އިތުރުކުރެވޭނީ ކޮންމެ ހަފްތާއަކުވެސް ކޮންމެ މަހަކުވެސް ކޮންމެ އަހަރަކުވެސް އެކަންކުރާ މީހަކަށެވެ.
އަހުރެން ފާހަގަކުރަން މިއުޅެނީ ހަމަ އެފަދަ މުހިންމު ކމެކެވެ. އެއީ ކޮންމެ ދެމަފިރިއަކުވެސް ހަމަ މިމަގުން ތިމާގެ ބައިވެރިޔާއަށް ބޭވަފާތެރިވެވޭ މިންވަރާއި ފަރުވާކުޑެކުރެވޭ މިންވަރާއި އަދި ބައިވެރިޔާގެ ހިތުގައި ޖެހޭނެ ގޮތަށް ކުރެވުނު ކަންތައްތަކުގެ ހިސާބުވެސް ބަލަން އެބަޖެހެއެވެ. އެކަންކަން އިޞްލާޙްކުރަން އެބަޖެހެއެވެ.  
ދެމަފިރިންގެ ދިރިއުޅުން އުފާވެރި ކުރެވިގެން ނޫނީ އާޚިރަތް ހޯދަން ކުރަންޖެހޭ މަސައްކަތްތަކަށް ރަނގަޅު ކުރިއެރުމެއް ނުލިބޭނެއެވެ. އެންމެ ބޮޑު މައްސަލައަކަށް ކުރިމަތިވާނީ ސިކުނޑިއަށް ހަމަޖެހުން ނުލިބުމެވެ. ސިކުނޑިއަށް ހަމަޖެހުން ބޭނުންވާނަމަ އޮތީ ބައިވެރިޔާއާއިއެކު ރިވެތި ގޮތުގައި ދިރިއުޅެން މަސައްކަތް ކުރުމެވެ.  
ވީމާ މިފެށުނު ހިޖުރީ އައުއަހަރާއި ގުޅުވައިގެން ބުނެލަން ބޭނުންވަނީ ކުރީ އަހަރުގެ ހިސާބުތައް ރަނގަޅަށް ކުރާށެވެ! ގޯސްކޮށް ކުރެވިފައި ހުރިކަންކަން ދެނެގަނެ މިފެށުނު އަހަރު އެފަދަ ކަމެއް ނުކުރަން މަސައްކަތްކުރާށެވެ! ދީނީ ކަންކަމުގައި ކުރިއަރައިދިއުމަށްޓަކައިވެސް ދެމަފިރިންގެ ގުޅުންތައް ރަނގަޅުކުރާށެވެ. އެމީހަކަށް ކާމިޔާބީ މިންވަރުކުރައްވަވާނެތެވެ. އިން ޝާ ﷲ
 
- އިސްލާމީ ތިލަފަތުގެ ދަރުސަކުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ