ބޭރަށް ހިންގުމާއި އިންފުލުއެންޒާ އިތުރުވެއްޖެ

ބޭރަށް ހިންގުމާއި ހޮޑުލެވުން އަދި އިންފުލުއެންޒާގެ ކޭސްތައް އިތުރުވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭޭ) އިން ބުނެފި އެވެ.
ވީ ކިހިނެއް؟ - އެ އިދާރާ އިން އިއްޔެ އާންމުކޮށްފައިވާ ހިސާބުތަކަށް ބަލާއިރު ބޭރަށް ހިންގުމާއި ހޮޑުލެވުން އަދި އިންފުލުއެންޒާގެ ކޭސްތައް ވެސް އެންމެ ގިނައިން ރިޕޯޓުކޮށްފައިވަނީ މާލެ ސަރަހައްދުންނެވެ.
ތަފްސީލް - އެގޮތުން މިދިޔަ މަހުގެ 15 އިން މި މަހުގެ 5އާ ހަމައަށް:
ބޭރަށް ހިންގުމާއި ހޮޑުލެވުމުގެ 3،763 ކޭސް ވަނީ ރިޕޯޓުކޮށްފައި؛ އޭގެ ތެރެއިން 2،370 ކޭސް ރިޕޯޓުކޮށްފައި ވަނީ މާލެއިން
އިންފުލުއެންޒާގެ ޖުމްލަ 239 ކޭސް ރިޕޯޓުކޮށްފައިވޭ؛ އޭގެ ތެރެއިން 228 ކޭސް ވަނީ ރިޕޯޓުކޮށްފައި ވަނީ މާލެ އިން
އެޗްޕީއޭ އިން ބުނީ އިންފުލުއެންޒާގެ ކޭސްތައް އިތުރުވާން ފަށާފައިވަނީ މެއި މަހުން ފެށިގެން ކަމަށެވެ.
ބޭރަށް ހިންގުން ފަދަ ބަލިތަކުން ރައްކާތެރިވުމަށް ސައިބޯނި ލައިގެން ރަނގަޅަށް އަތް ދޮވުމަށް އެޗްޕީއޭ އިން އިލްތިމާސް ކުރެ އެވެ.
މީގެ އިތުރުން ގިނައިން ހޮޑުވެލުވުމާއި މާބޮޑަށް ވަރުދެރަވެ ދިޔާތަކެތި ބޭނުން ކުރެވޭ މިންވަރު މަދުވެ، ބޮލަށް އެނބުރުން އެރުން ފަދަ އަލާމަތްތައް ފެންނަ ނަމަ ލަސްނުކޮށް ޑޮކްޓަރަށް ދެއްކުމަށް ވެސް އެ އިދާރާ އިން އިލްތިމާސް ކުރެ އެވެެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ