ދިރާގުން ވިޔަފާރިތަކަށް ހާއްސަ ކޯލޮކޭޝަން ހިދުމަތާ އެކު ވިޔަފާރިތަކަށް ދެމުން އަންނަ ހިދުމަތްތައް ފުޅާކޮށްފި އެވެ.
ވީ ކިހިނެއް؟ - މި ހިދުމަތަކީ، ދިރާގުން ބުނި ގޮތުގައި، ވިޔަފާރިތަކަށް އައިޓީ ސިސްޓަމްތައް ރައްކާތެރިކަމާ އެކު ހޯސްޓް ކުރުމަށް އިތުބާރު ހުރި އަދި ސްކޭލަބަލް އިންފްރާސްޓްރަކްޗާއެއް ފޯރުކޮށްދިނުމަށް ދިރާގުން ފޯރުކޮށްދޭ ހިދުމަތެކެވެ.
ތަފްސީލް - މި ހިދުމަތުގެ ތެރެއިން:
ވިޔަފާރިތަކަށް އަމިއްލަ ޑޭޓާ ސެންޓަރުތައް ގާއިމް ކުރުމުގެ ބަދަލުގައި، ރާއްޖޭގައި ހުރި ހަމައެކަނި ދިރާގު ޓިއާ 4 ސާޓިފައިޑް ޑޭޓާ ސެންޓަރުން ހަރަދު ކުޑަ އަދި ފެންވަރު ރަނގަޅު ހައްލެއް ލިބިގެން ދާނެ
ވިޔަފާރިތަކުން ފިޒިކަލް އިންފްރާސްޓްރަކްޗަރަށް ކުރާ ކެޕިޓަލް އިންވެސްޓްމަންޓްތަކާއި އައިޓީ މެއިންޓެނަންސް ފަދަ އޮޕަރޭޝަނަލް ހަރަދުތައް ވަރަށް ބޮޑަށް ކުޑަކުރެވޭނެ
ދިރާގު ޑޭޓާ ސެންޓަރަކީ ވިޔަފާރިތަކަށް ރައްކާތެރިކަމާއި އިތުބާރާ އެކު އެ ފަރާތްތަކުގެ ހިދުމަތްތައް މެދުކެނޑުމެއް ނެތި ފޯރުކޮށްދިނުމުގެ ގާބިލުކަން ލިބިފައިވާ ޑޭޓާ ސެންޓަރެކެވެ. އެގޮތުން:
މި ޑޭޓާ ސެންޓަރުގައި ފުލް ރިޑަންޑަންޓް ޕަވާ އަދި ކޫލިން ސިސްޓަމްތަކުގެ އިތުރުން އަލިފާނުގެ ހާދިސާތަކުން ރައްކާތެރިކުރުމަށް ބޭނުންވާ އެންމެ ޒަމާނީ ފެންވަރުގެ ޓެކްނޮލޮޖީ ވަނީ ގާއިމްކޮށްފައި
އެންމެ މަތީ ސަލާމަތީ މިންގަނޑުތަކާ އެކު ސާޓިފައިޑް ތަޖުރިބާކާރުންގެ ޓީމަކުން 24 ގަޑިއިރު މި ސެންޓަރު މޮނިޓަރު ކުރޭ
މި ހިދުމަތް ހިޔާރުކުރާ ވިޔަފާރިތަކަށް އެންމެ އެކަށީގެންވާ ހައްލުތައް ދެނެގަތުމަށް އެސެސްމަންޓެއް ހެދުމަށް ފަހު ދިރާގުން އެ ވިޔަފާރިއަކަށް ބޭނުންވާ އިންފްރާސްޓްރަކްޗާ ސެޓްއަޕް އަދި މައިގްރޭޝަން ސަޕޯޓް ފޯރުކޮށްދޭނެ ކަމަށް ދިރާގުން ބުންޏެވެ.
ކޯލޮކޭޝަންއާ އެކު ދިރާގު ޑޭޓާ ސެންޓަރުގެ ހިދުމަތް ފުޅާކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ