ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ މެނޭޖިން ޑިރެކްޓަރަށް ރޯޑު ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު ކަމުގައި ހުންނެވި އަލީ ޒުހައިރު އައްޔަންކުރުމަށް ޕީސީބީން މިއަދު ނިންމައިފި އެވެ.
ވީކިހިނެއް؟ - އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމު ހުސްވީ އެ މަގާމުގައި ހުންނެވި މައުރޫފު ޖަމީލު އިސްތިއުފާ ދެއްވުމުންނެވެ. އެ ގޮތުން:
އޭނާ މިއަދު މަގާމުން އިސްތިއުފާ ދެއްވީ، އަންނަ މަހު 18ގައި އޭނާ ރިޓަޔާކުރައްވާނެކަން ކުރިން އިއުލާންކުރައްވާފައިވަނިކޮށް
އެނގިފައިވާ ގޮތުގައި މައުރޫފް މަގާމުން އިސްތިއުފާ ދެއްވީ އެ ގޮތަށް އަމަލުކުރަން ޕީސީބީން އެންގުމުން
ތަފްސީލް - ހުސްވެފައިވާ މަގާމަށް ޒުހައިރު އައްޔަންކުރިކަން 'ދައުރު'އަށް ވަނީ އެނގިފަ އެވެ.
ޒުހައިރަކީ:
މި ވަގުތު އާރުޑީސީގެ މެނޭޖިން ޑިރެކްޓަރު
އޭގެ ކުރިން ސިފައިންގޭގައި 30 އަހަރު ހިދުމަތްކުރެއްވި
ސިފައިންގެ ވެލްފެއާ ކުންފުނި، ސިވެކްގެ ޗެއާމަންކަން ކުރެއްވި
ފާހަގަ ކުރެވޭ - މައުރޫފް ވަނީ މީގެ ކުރިން ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ވެރިކަމުގައި، އެޗްޑީސީ އުފެއްދުމުގެ ކުރިން، ހުޅުމާލޭ ތަރައްގީ ކުރުމުގެ މަސައްކަތް ކުރި ހުޅުމާލޭ ތަރައްގީ ކުރުމާ ބެހޭ ޔުނިޓުގެ ޑިރެކްޓަރު ޖެނެރަލްގެ މަގާމު އަދާކުރައްވައިފަ އެވެ.
މީގެ އިތުރުން:
ކޮންސްޓްރަކްޝަން އެންޑް ޕަބްލިކް އިންފްރާސްޓްރަކްޗާ މިނިސްޓަރުކަން އަދާކުރައްވާފައިވޭ
އެޗްޑީސީ އާއި އެޗްޑީއެފްސީގެ މުހިއްމު މަގާމުތަކެއް އަދާކުރައްވާފައިވޭ
އާކިޓެކްޗާ ހެރިޓޭޖުގެ ދާއިރާ އިން ގިނަ މަސައްކަތްތަކެއް މިހާރު ވެސް ކުރައްވާ
އެނގުން މުހިންމު - މައުރޫފް އެޗްޑީސީގެ އެމްޑީގެ މަގާމަށް އައްޔަންކޮށްފައިވަނީ އެ މަގާމުގައި ކުރިން ހުންނެވި އިބްރާހިމް ފަޒުލް ރަޝީދު، ހުޅުމާލޭން ބިން ދޫކުރުމާއި ވިނަރެސް ފްލެޓު ދޫކުރުމާ ގުޅޭ ކޮރަޕްޝަނުގެ ބޮޑެތި މައްސަލަތަކެއް ފެންމަތިވެފައިވަނިކޮށް މަގާމުން އިސްތިއުފާ ދެއްވުމުންނެވެ.
އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރަކަށް ޒުހައިރު އައްޔަންކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ