އެޗްޑީސީގެ އެމްޑީގެ މަގާމަށް ޒުހައިރު ބަދަލުކޮށް އާރުޑީސީއަށް ނަޒީމް އައްޔަނުކޮށްފި އެޗްޑީސީގެ އެމްޑީގެ މަގާމަށް ޒުހައިރު ބަދަލުކޮށް އާރުޑީސީއަށް ނަޒީމް އައްޔަނުކޮށްފި

ހައުސިން ޑިވެލޮޕްމަންޓު ކޯޕަރޭޝަން (އެޗްޑީސީ) ގެ މެނޭޖިން ޑައިރެކްޓަރުގެ މަގާމަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) ގެ މެނޭޖިން ޑައިރެކްޓަރަކަށް ހުރި އަހްމަދު ޒުހައިރު ބަދަލުކޮށް އޭނާ ހުންނެވި މަގާމަށް މއ. އެލީޒިއަމް، އިބްރާހިމް ނަޒީމް އައްޔަނުކޮށްފި އެވެ.
މިހާ ހިސާބަށް ނަޒީމް ހުންނެވީ ކޮންސްޓްރަކްޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރެއްގެ މަގާމުގަ އެވެ. އޭނާ އެ މަގާމަށް އައްޔަނުކުރީ ނޮވެމްބަރު 21، 2023 ގަ އެވެ.
ޒުހައިރުއަކީ ސިފައިންގޭގައި ބްރިގޭޑިއާ ޖެނެރަލްގެ ރޭންކް ފުރުއްވުމަށް ފަހު ރިޓަޔާ ކުރެއްވި ބޭފުޅެކެވެ. އޭނާ އާރުޑީސީއަށް އައްޔަނުކުރީ ނޮވެމްބަރު 29، 2023 ގަ އެވެ.
ޒުހައިރު އެޗްޑީސީއަށް ބަދަލުކޮށްފައި މިވަނީ އެ ކުންފުނީގެ މެނޭޖިން ޑައިރެކްޓަރަކަށް ހުންނެވި މައުރޫފް ޖަމީލް ރިޓަޔާވާން ހުށަހަޅާފައި އޮއްވައި، އޭނާ އިސްތިއުފާ ދޭން ސަރުކާރުން މަޖުބޫރު ކުރުމުން މިއަދު މަގާމުން އިސްތިއުފާ ދެއްވުމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ