ޕީއެޗުޑީއަށް ކިޔަވާ އިމާމުންގެ ފީ ސަރުކާރުން ދައްކައިދެނީ

އިސްލާމީ ދާއިރާއިން ޕީއެޗްޑީއަށް ކިޔެވުމުގެ ފުރުސަތު، ގައުމީ ޔުނިވަސިޓީއިން ހުޅުވާލާފައިވާއިރު، ޕީއެޗްޑީއަށް ކިޔަވާ ދަރިވަރުންގެ ފީ ސަރުކާރުން ދައްކައިދޭން ނިންމައިފި އެވެ.
ވީ ކިހިނެއް؟- ޕީއެޗްޑީއަށް ކިޔެވުމަށް ގައުމީ ޔުނިވަސިޓީއިން އިއްޔެ އިއުލާން ކުރީ ދެ ދާއިރާއަކުންނެވެ. އެއީ:
އިސްލާމިކް ސްޓަޑީޒް
އިސްލާމިކް ޝަރީއާ
ޔުނިވަސިޓީއިން ބުނިގޮތުގައި ފުލްޓައިމް ކޯހުގެ މުއްދަތަކީ 3-4 އަހަރެވެ. ކޯހުގެ ފީއަކީ ސެމިސްޓާއަކަށް 14،340 ރުފިޔާ އެވެ.
އެ އަދަދުން ބަލާކަމަށް ވާނަމަ، އެހީގެ ގޮތުގައި 86،000-114،00 ރުފިޔާ ސަރުކާރުން ދޭނެ އެވެ.
ސަރުކާރުން ދޭ މި އެހީތެރިކަން އިއުލާނު ކުރެއްވީ، އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދެވެ. އޭނާ ވިދާޅުވި ގޮތުގައި ކޯހުގެ ފީގެ އިތުރުން ޕޮކެޓްމަނީ ވެސް އިމާމުންނަށް ދޭނެ އެވެ.
"ވީހާވެސް ގިނަ ބޭފުޅުން ކުރިމަތި ލައްވައި، ފުރުސަތު ލިބޭތޯ މަސައްކަތް ކުރައްވާ،" ޝަހީމް ވިދާޅުވި އެވެ.
އެނގުން މުހިއްމު- ރާއްޖޭގެ މިސްކިތްތަކުގައި މާސްޓާސް ހާސިލްކޮށްގެން ތިބި އިމާމުންނަށް ބޭރުގެ ޔުނިވާސިޓީ ތަކުން ވެސް ޕީއެޗްޑީ ހާސިލްކުރުމުގެ ފުރުސަތު ފަހިކޮށްދެއްވާނެ ކަމަށް ޝަހީމް ކުރިން ވަނީ ވިދާޅުވެފަ އެވެ. އެގޮތުން 11 އިމާމަކު އެކަމަށް ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށް ކުރިން އޭނާ ވިދާޅުވެފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ