މޫސުން ގޯސްވުމުން ބޮޑު ޖަމާއަތުގެ އީދު ނަމާދު ކެންސަލް ކޮށްފި

މާދަމާ ސްޓޭޑިއަމުގައި ބާއްވަން އޮތް ބޮޑު ޖަމާއަތުގައި އީދު ނަމާދު ކުރުން ނުބާއްވާ ގޮތަށް އިސްލާމިކް މިނިސްޓްރީން ހަމަޖައްސައިފި އެވެ.
މާދަމާގެ ފިތުރު އީދު ބޮޑު ޖަމާއަތުގައި ކުރަން ނިންމާފައި އޮތް ނަމަވެސް ނިންމުން ބަދަލު ކުރީ މޫސުން ގޯސްވެ ވިއްސާރަވުމުގެ ސަބަބުންނެވެ. ރާއްޖެއަށް މޫސުން ގޯސްވެ ވިއްސާރަ ކުރަމުން އަންނަ އިރު ކުރިޔަށް އޮތް 24 ގަޑި އިރުވެސް ވިއްސާރަ ކުރާނެ ކަމަށް މޫސުމާބެހޭ އިދާރާއިން ލަފާކޮށް ވަނީ މުޅި ރާއްޖެއަށް ވައިޓް އެލާޓް ނެރެފަ އެވެ.
މާދަމާ އަކީ މި އަހަރުގެ ފިތުރު އީދު ދުވަސް ކަމަށް ނިންމީ މިރޭ ބޭއްވި ސައްވާލު މަހުގެ ހަނދު ސާބިތު ކުރުމުގެ ޖަލްސާއަށްފަހު އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ