ރޯދަމަހުގެ ފަހު ދުވަހު މާލޭ ސަރަހައްދުގައި ކަރަންޓު ބޭނުންކުރި މިންވަރު އިތުރުވެފައިވާކަމަށް ސްޓެލްކޯއިން ބުނެފިއެވެ.
ސްޓެލްކޯއިން އެކްސްގައި ހިއްސާކޮށްފައިވާ ޕޯސްޓުގައިވާ ހިސާބުތަކުން ދައްކާ ގޮތުގައި ރޯދަމަހުގެ ފަހު ދުވަހު އެންމެ ގިނައިން ކަރަންޓު ބޭނުންކުރި ވަގުތުގައި 103،801 ކިލޯވޯޓުގެ ކަރަންޓު ވަނީ ބޭނުންކޮށްފައެވެ. އެއީ، އޭގެ ކުރީ ހުކުރު ދުވަހު އެންމެ ގިނައިން ކަރަންޓު ބޭނުންކުރި ވަގުތަށްވުރެ އިތުރު އަދަދެކެވެ. އެ ދުވަހު އެންމެ ގިނައިން ބޭނުންކުރި ވަގުތު ބޭނުންކުރީ 98،778 ކިލޯވޯޓުގެ ކަރަންޓެވެ.
ސްޓެލްކޯގެ ތަފާސްހިސާބު:
މިމަހުގެ 29 ވަނަ ދުވަހު ކަރަންޓު ބޭނުންކޮށްފައިވާ މިންވަރަށް ބަލާއިރު އެންމެ ގިނައިން ކަރަންޓު ބޭނުންކޮށްފައިވަނީ 3 އަކާއި 4 އަކާއި ދެމެދުއެވެ.
ސަރުކާރުން ވަނީ ފެން ބިލާއި ކަރަންޓު ބިލުން ވެސް ރޯދަމަހު 10 އިންސައްތައިގެ ޑިސްކައުންޓެއް ދޭން ނިންމައިފައެވެ.
ރޯދަ މަހުގެ ފަހު ދުވަހު ކަރަންޓު ބޭނުންކުރި މިންވަރު އިތުރު: ސްޓެލްކޯ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ