ކައުންސިލަރުންގެ މުސާރަ ބޮޑުކުރަން މަޖިލީހަށް ހުށަހަޅައިފި

ލޯކަލް ކައުންސިލްތަކުގެ ރައީސުންނާއި މެންބަރުންގެ މުސާރަ ބޮޑުކުރަން އެދިވަޑައިގެން، ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ)  ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިފި އެވެ. 
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އަށް މި މަހު 11 ގައި ފޮނުއްވި ސިޓީއެއްގައި ކުޑޫ އެދިވަޑައިގެންނެވީ ކައުންސިލްތަކުގެ ރައީސުންނާއި މެންބަރުންގެ މުސާރަ ބޮޑުކުރުމުގެ މައްސަލަ މަޖިލީހުގެ ކަމާ ބެހޭ ކޮމިޓީ މެދުވެރިކޮށް ބައްލަވައިދެއްވުމަށެވެ. މުސާރައަށް ގެންނަން އެދިވަޑައިގަންނަވާ ބަދަލުތައް ވެސް ސިޓީގައި އޭނާ ހުށަހެޅުއްވި އެވެ. އެއީ:
ކައުންސިލަރުންގެ މުސާރަ ބޮޑުކުރަން ހުށަހެޅުއްވި ސަބަބަކީ ކުޑޫ ވިދާޅުވި ގޮތުގައި ކައުންސިލްތަކުގެ އިދާރީ ބައެއް މުވައްޒަފުންގެ މުސާރަ ކައުންސިލަރުންނަށް ވުރެ ބޮޑުވުމެވެ. ކައުންސިލްތަކުގެ ރައީސުންގެ މުސާރައަށް ވުރެ ސެކްރެޓަރީ ޖެނެރަލްގެ މުސާރަ ބޮޑުކަމަށާއި ނައިބުރައީސްގެ މުސާރައަށް ވުރެ ކައުންސިލް އެގްޒެކެޓިވްއެއްގެ މުސާރަ ބޮޑުކަން އޭނާ ފާހަގަ ކުރެއްވި އެވެ. ކައުންސިލް މެންބަރުންގެ މުސާރަ، އިދާރީ ބައެއް މުވައްޒަފުންނަށް ވުރެ ކުޑަކަން ވެސް ފާހަގަކުރެއްވި އެވެ.
"ކައުންސިލްތައް ހިންގުމަށާއި ރައްޔިތުންނަށް ހިދުމަތް ދިނުމަށް ރައްޔިތުންގެ ސީދާ ވޯޓަކުން އިންތިހާބުކޮށްފައި ތިބޭ ބައެއްގެ މުސާރަ، ކައުންސިލް އިދާރާގެ އާއްމު މުވައްޒަފުންނަށް ވުރެ ކުޑަކޮށް އޮތުމަކީ ކައުންސިލަރުންނަކީ އިދާރީ މުވައްޒަފުންނަށް ވުރެ ދަށް ފަންތީގެ ބައެއް ކަމަށް ދެކޭނެ ސަބަބެއް،" ސިޓީގައި ކުޑޫ ވިދާޅުވި އެވެ.
އެއީ އިންތިހާބީ އޮފިޝަލުންގެ ބާރުވެރިކަަމަށް އުނިކަން އައިސް، އިދާރީ މުވައްޒަފުން މެދުވެރިކޮށް ކަންކަން ތަންފީޒުކުރަން ދަތިތަކާ ކުރިމަތިވާކަން ފާހަގަކުރެވޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ކައުންސިލަރުންގެ މުސާރައަށް މިފަދަ ބަދަލެއް ގެންނަން ކުޑޫ ހުށަހަޅުއްވާފައި ވަނިކޮށް، ސިޓީތަކާއި ރަށްރަށުގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ ރައީސުންގެ މުސާރަ އެތައް ގުނައެއް ބޮޑުކުރަން ނޭޝަނަލް ޕޭ ކޮމިޝަނުން މިހާރު ވަނީ ނިންމައިފަ އެވެ.
The most trusted news source in the Maldives
މިހާރު ސިޓީތަކުގެ އަންހެނުންގެ ކޮމެޓީތަކުގެ ރައީސުންނަށް މުސާރައިގެ ގޮތުގައި ލިބެނީ މަހަކު 7،000ރ. އެވެ. އަދި ނައިބު ރައީސުންނަށް 6،500ރ. ލިބޭއިރު މެމްބަރުންނަށް ލިބެނީ 6،000ރ. އެވެ. 
ރަށްރަށުގެ އަންހެނުންގެ ކޮމެޓީތަކުގެ ރައީސުންނަށް 6،000ރ. ލިބޭއިރު، ނައިބު ރައީސުންނަށް 5،500ރ. އަދި މެމްބަރުންނަށް 5،000ރ. މަހަކު ލިބެ އެވެ. 
އެކަމަކު ފުލްޓައިމްކޮށް މަސައްކަތް ކުރަންޖެހޭ ބައެއްގެ ގޮތުގައި އަންހެނުންގެ ކޮމެޓީތައް ކަނޑައެޅުމާއެކު ކޮމެޓީތަކުގެ ރައީސުން މުސާރަތައް ރިވިއު ކުރުމަށްފަހު ޕޭ ކޮމިޝަނުން މިހާރު ނިންމާފައިވަނީ ސިޓީތަކުގެ އަންހެނުންގެ ކޮމެޓީގެ ރައީސުންގެ މުސާރައަށް މަހަކު 41،500ރ. ދިނުމަށާއި އަދި ރަށްރަށުގެ އަންހެނުންގެ ކޮމެޓީތަކުގެ ރައީސުންނަށް މަހަކު 21،000ރ. ދިނުމަށެވެ. 
އެއީ ސިޓީތަކުގެ އަންހެނުންގެ ކޮމެޓީގެ ރައީސުންނަށް މުސާރައިގެ ގޮތުގައި މަހަކު 33،000ރ. އާއި ލިވިން އެލަވަންސްގެ ގޮތުގައި 8،500ރ. އެވެ. އަދި ރަށްރަށުގެ ކޮމެޓީތަކުގެ ރައީސުންނަށް 21،000ރ. ކަނޑައެޅީ މުސާރައިގެ ގޮތުގައި 16،500ރ. އާއި ލިވިން އެލަވަންސްގެ ގޮތުގައި 4،500ރ. ދޭ ގޮތަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ