މިރޭ ދައުލަތުގެ މީޑިއާއަށް ދެއްވި ބަސްދީގަތުމެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، އެމަނިކުފާނު ވެވަޑައިގެންފައިވާ ވައުދާ އެއްގޮތަށް މިއަދު ރާއްޖޭގައި ކޮންމެ މީހަކަށްވެސް ސިޔާސީ މަސައްކަތް ކުރުމުގެ މަގު ފަހިވެފައިވާ ކަމަށެވެ. ކުރީގެ ސަރުކާރުތަކުގައި ސިޔާސީ މަސައްކަތް ކުރުމުގައި ބިރުވެރިކަމެއް އޮތް ނަމަވެސް، މިހާރު އެފަދަ އެއްވެސް ބިރުވެރިކަމެއް ނޯންނާނެ ކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވިއެވެ.
ޚިޔާލުފާޅުކުރުމުގެ މިނިވަންކަމާ ގުޅޭގޮތުން ރައީސް ވިދާޅުވީ އެއީ އެންމެންނަށްވެސް އޮންނަ މިނިވަންކަމެއްކަމަށާއި އެ މިނިވަންކަން ބޭނުންކުރަންވީ ހަމަ އޭގެ އެންމެ ފުޅާމިނުގައިކަމަށެވެ. އެހެންނަމަވެސް ޚިޔާލު ފާޅުކުރަންވާނީ އެކަމަށް އޮންނަ އިސްލާމީ ހުދޫދުގެ ތެރެއިން ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި އެހެން މީހުންގެ އަބުރު ކަތިލުމާއި އެހެންމީހުންގެ ހައްގުތަކަށް އަރައިގަތުމަކީ އިސްލާމްދީނުގައި މަނާކަމެއްކަން ހަނދާންކޮށްދެއްވިއެވެ.
އެމަނިކުފާނުގެ ވާހަކަ ފުޅުުގައި ޑިމޮކްރަސީ ފައްކާކުރުމަށްޓަކައި ބަދަލުހިފުމުގެ ރޫހު ދޫކޮށްލުމަށާއި، އަމިއްލަ ނަފުސަށްވުރެ ގައުމު އިސްކޮށްގެން ކުރިއަށްދިއުމަށް ހުރިހާ ސިޔާސީ ފަރާތްތަކަށް ނަސޭހަތްތެރިވިއެވެ.
ސިޔާސީގޮތުން އެއްވެސް މީހަކު ޖަލަށްލާފައި ނޯންނާނެ: ރައީސް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ