އިމާރާތްކުރުމާއި ގެދޮރު މަރާމާތުކުރުގެ ބޭނުމަށް ޕެންޝަން ފަންޑުގައި ހުންނަ ފައިސާ ކޮލެޓަރަލައިޒް ކުރެވޭނެ ކަމަށް ޕެންޝަނާބެހޭ ގާނޫނަށް ގެނައި ހަ ވަނަ އިސްލާހު ރައީސް މުޙައްމަދު މުޢިއްޒު މިއަދު ތަސްދީގު ކުރައްވައިފި އެވެ.
ވީ ކިހިނެއް؟- މި ބިލަކީ މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ދައުރުގެ 19 ވަނަ ޖަލްސާ އިން ފާސްކުރެއްވި ބިލެކެވެ.
ތަފުސީލު- އެ ދުވަހު ގާނޫނަށް ގެނައި އިސްލާހުގައި، އަސާސީ ޕެންޝަނުގެ އުސޫލުތައް މުރާޖާކޮށް، އުމުރުން ދުވަސްވީ މީހުންގެ އަސާސީ ޕެންޝަނުގެ ގޮތުގައި ލިބިދެވޭ ފައިސާއަށް ވުރެ ބޮޑު އަދަދެއްގެ ފައިސާ، އާމްދަނީގެ ގޮތުގައި އެ މީހަކަށް ލިބޭ ނަމަ، އެމީހެއްގެ އަސާސީ ޕެންޝަން ލިބިނުދެވޭނެ ކަމަށާއި ގެދޮރު އިމާރާތްކުރުމާއި ގެދޮރު މަރާމާތުކުރުގެ ބޭނުމަށް ޕެންޝަން ފަންޑުގައި ހުންނަ ފައިސާ ކޮލެޓަރަލައިޒް ކުރެވޭނެ ކަމަށް މި ބިލުގައި ބަޔާންކޮށްފައިވެ އެވެ.
ހަމަމިއާ އެކު، ބޮޑެތި ބަލިތައް ޖެހިފައިވާ ފަރާތްތަކަށް ޕެންޝަން ފަންޑުގައިވާ ފައިސާ ދޫކުރެވިދާނެ ކަމަށާ އަދި އެ ފައިސާ ދޫކުރުމުގެ އުސޫލުތައް އެ ބިލުގައި ހިމަނާފައިވެ އެވެ. އޭގެ އިތުރުން ހައްޖުވުމަށް ޓަކައި ކުރިޔާލައި ޖާގަ ރިޒާވް ކުރުމަށް ޓަކައި ޕެންޝަން ފަންޑުގެ ފައިސާ ބޭނުންކުރެވިދާނެ ކަމަށް ވެސް އެ ބިލުގައި ބަޔާންކޮށްފައިވެ އެވެ.
ޕެންޝަނާބެހޭ ގާނޫނަށް ހަ ވަނަ އިސްލާހު ގެނައުމުގެ ބިލު ރައީސް ތަސްދީގު ކުރައްވައި، ސަރުކާރުގެ ގެޒެޓުގައި ޝާއިއު ކުރުމާ އެކު، އެ އިސްލާހަށް މިހާރު ވަނީ އަމަލުކުރަން ފަށައިފަ އެވެ.
ގެދޮރު އެޅުމަށް ޕެންޝަން ފަންޑްގައި ހުންނަ ފައިސާ ކޮލެޓަރަލައިޒު ކުރެވޭ ގޮތަށް ގެނައި އިސްލާހު ރައީސް ތަސްދީގު ކުރައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ