އިރާން ކަޓައި ވޯލްޑް ކަޕްގެ ނޮކައުޓްގެ ފަހު ޖާގަ އަލްޖީރިއާ އަށް

ކަންސަސް ސިޓީ، ޔުނައިޓެޑް ސިޓީ (ޖޫން 28) - އަލްޖީރިއާ އިން އޮސްޓްރިއާއާ ދެކޮޅަށް ކުޅެގެން ހޯދި ޕޮއިންޓާ އެކު، މި ފަހަރުގެ ފީފާ ވޯލްްޑް ކަޕް ފުޓްބޯޅަ މުބާރާތުން އިރާން ކަޓައިފި އެވެ. 
ފެބްރުއަރީ މަހު، އިޒްރޭލާއި އެމެރިކާ އިން އިސްވެ، އިރާނާ ދެކޮޅަށް ފެށި ހަނގުރާމައާ ހެދި، އިރާނުން މި ފަހަރުގެ ވޯލްޑް ކަޕްގައި ނުކުޅެން ވެސް ނިންމި އެވެ. އެކަމަކު، ފީފާ އިން ބޭއްވި އެކި ބައްދަލުވުންތަކަށް ފަހު، އެއްބަސްވެވުނު ކަންތައްތަކަށް ބަލައި، އިރާނުން ވޯލްޑް ކަޕްގައި ކުޅެން އެއްބަސްވީ އެވެ. ވޯލްޑް ކަޕްގައި އިރާންގެ ގްރޫޕް ސްޓޭޖު ތިން މެޗު ވެސް އެމެރިކާގައި ކުޅުނުއިރު، އެ ޓީމަށް މެޗަށް އާދެވެނީ ވަކި ހުއްދަދަތަކެއްގެ މަތިން، މެކްސިކޯގައި ތިބެފަ އެވެ. އަދި، މެޗު ނިމުމަށް ފަހު، ވަކި ވަގުތެއްގެ ތެރޭގައި އެނބުރިދާން ޖެހެ އެެވެ. 
އިރާނުން ވޯލްޑް ކަޕްގައި މި ފަހަރު ކުޅުނު ފުރަތަމަ މެޗުގައި ނިއު ޒީލެންޑާ 2-2 އިން އެއްވަރުވިއިރު، ދެ ވަނަ މެޗުގައި 0-0 އިން  ބެލްޖިއަމްއާ އެއްވަރުވި އެވެ. ރޭ މިސްރު ކޮޅަށް އިރާނުން ފަހު ވަަގުތު ޖެހި ގޯލު ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ބަލާފައި އޮފްސައިޑް ކަމަށް ނިންމިއިރު، އެ މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ. އެ މެޗުން މޮޅުވިނަަމަ، ގަދަ 32 ޓީމުގެ ބުރު އިރާނަށް ލިބޭނެ އެވެ.
އިރާނުން ގިނަ ޗެލެންޖުތަކާ ކުރިމަތިލާން ޖެހުނުއިރު، ކުޅުނު ތިން މެޗު ވެސް ނިންމާލީ އެއްވަރުވެގެންނެވެ. 
އެންމެ ރަނގަޅު ތިން ވަަނަ ޓީމުތަކުގެ ޖާގައިގެ ތެރެއިން އިރާނަށް ފުރުސަތު ލިބުމަށް އޮތް އެންމެ ފަހު ގޮތަކަށްވެފައި އޮތީ، އަލްޖީރިއާ އަށް އޮސްޓްރިއާއާ ކުޅުނު މެޗުން މަދުވެގެން ޕޮއިންޓެއް ވެސް ނުހޯދިގެންނެވެ. އެކަމަކު، އެ މެޗުގައި އޮސްޓްރިއާ އިން ދެ ފަހަރަށް ލީޑުނެގި ނަމަވެސް ނިމުނީ 3-3  އިން އެއްވަރުގެންނެވެ. ފަހު ވަގުުތު، އަލްޖީރިއާ އިން ވެސް މި މެޗުގައި ލީޑުނެގިއިރު، އޮސްޓްރިއާ އިން އެއްވަރުކުރި އެެވެ. 
ސައުތު އެފްރިކާ - ކެނަޑާ
ބްރެޒިލް - ޖަޕާން 
ޖަރުމަނު - ޕެރަގުއޭ
ނެދަލެންޑްސް - މޮރޮކޯ
އައިވަރީ ކޯސްޓް - ނޯވޭ
ފްރާންސް - ސްވިޑެން
މެކްސިކޯ - އެކުއެޑޯ
އިންގްލެންޑް - ކޮންގޯ
ބެލްޖިއަމް - ސެނެގާލް
ޔުނައިޓެޑް ސްޓޭޓްސް - ބޮސްނިއާ
ސްޕެއިން. - އޮސްޓްރިއާ
ޕޯޗުގަލް - ކްރޮއޭޝިއާ
ސްވިޒަލެންޑް - އަލްޖީރިއާ
އޮސްޓްރޭލިއާ - މިސްރު
އާޖެންޓީނާ - ކޭޕް ވާޑް
ކޮލަމްބިއާ - ގާނާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ