ރާއްޖެއިން މުޅިން ނައްތާލާފައިވާ ހިމަބިހި އަލުން ފެތުރެން ފަށާފައިވާތީ ބަލިން ރައްކާތެރިވުމަށް 18 އަހަރުން ދަށުގެ ކުދިންނަށާއި ސިއްހީ ދާއިރާގައި މަސައްކަތް ކުރާ މީހުންނަށް ވެކްސިން ދޭން ފަށައިފި އެވެ.
ވީ ކިހިނެއް؟ - އެޗްޕީއޭން މިއަދު ވަނީ ހިމަބިހިން ރައްކާތެރިވުމަށް ދޭ އެމްއާރު ވެކްސިން މާލެ ސަރަހައްދުގައި ޖަހައިދޭ މަރުކަޒުތަކާއި ގަޑިތައް އާންމުކޮށްފަ އެވެ.
ތަފްްސީލް - އެޗްޕީއޭން ބުނީ ވެކްސިން ޕްރޮގްރާމު ކުރިއަށް ގެންދާނީ ފޭސްތަކަކަށް ބަހާލައިގެން ކަމަށާއި ފުރަތަމަ ވެކްސިން ދޭނީ ސިއްހީ ހިދުމަތްތެރިންނަށާއި 18 އަހަރުން ދަށުގެ ކުދިންނަށް ކަމަށެވެ. އެގޮތުން:
މި އުމުރުފުރާއަށް ވެކްސިން ދޭނީ މިއަދުން ފެށިގެން އަންގާރަ ދުވަހުގެ ނިޔަލަށް
މާލެ ސަރަހައްދުގައި ވެކްސިން ޖަހައިދޭނީ މާފަންނުގައި ހުންނަ އާބަން ހެލްތު ކެއާ ކްލިނިކުގެ އިތުރުން ހުޅުމާލެ ހޮސްޕިޓަލް، ސެނެހިޔާ އަދި ވިލިމާލެ ހޮސްޕިޓަލުން
އަތޮޅު ތެރޭގައި ވެކްސިން ޖެހުމުގެ ހިދުމަތް ދޭނެ ވަގުތާއި ތާރީހު އާންކުރާނީ އެ ރަށެއްގެ ސިއްހީ ހިދުމަތްދޭ މަރުކަޒުން
ފާހަގަ ކުރެވޭ - އެޗްޕީއޭން އެންމެ ފަހުން އާންމުކުރި މައުލޫމާތަށް ބަލާއިރު މިހާތަނަށް 22 މީހަކަށް ހިމަބިހި ޖެހިގެން ވަނީ ރިޕޯޓުކޮށްފަ އެވެ.
މި ބަލީގެ ކޭސްތައް ފެނިފައިވަނީ މާލެ ސަރަހައްދުންނެވެ.
އެނގުން މުހިއްމު - ހިމަބިހީގެ އަލާމާތްތަކުގެ ތެރޭގައި:
ހުން އައުން
ރޯގާ ޖެހުން
ކެއްސުން
ލޯ ރަތްވުން
ހަމުގައި ރަތް ބިހިތަކެއް ނެގުން
ހިމަބިހި ޖެހިފައިވާ މީހަކު ކެއްސީ، ކިނބިހި އެޅުމުން ވައިގެ ތެރެއަށް ވައިރަސް ފެތުރިގެން ދިޔުމުން ބަލި ޖެހުމުގެ ފުރުސަތު އޮވެ އެވެ. މީގެ އިތުރުން ވައިރަސްގެ އަސަރު ހުރި ތަނެއްގައި އަތްލުމަށްފަހު ލޮލާއި ނޭފަތާއި އަނގައަށް އަތްލެވިއްޖެ ނަމަ ވެސް ބަލީގެ އަސަރު ކުރުމުގެ ފުރުސަތު ބޮޑެވެ.
މީގެ އިތުރުން، ހިމަބިހިން ރައްކާތެރިވުމަށް ޖަހާ އެމްއާރު ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައި ނުވާ މީހުންނާއި ބައްޔާ ދެކޮޅަށް ދިފާއީ ބާރު ނެތް މީހުންނަށް ވެސް ބަލި ޖެހުމުގެ ފުރުސަތު ބޮޑެވެ.
އެޗްޕީއޭން ބުނީ:
ހުން އައިސް ގައިގައި ރަތް ބިހިތަކެއް ނަގައިފި ނަމަ، ލަސްނުކޮށް ސިއްހީ ފަރުވާ ހޯދުމަށް
ފަރުވާ ހޯދަން ދާއިރު، މާސްކް އެޅުމަށާއި އާއްމު ދަތުރުފަތުރުގެ ވަސީލަތްތައް ބޭނުން ނުކުރުމަށް
ޝައްކުވެގެން ޓެސްޓް ހަދައިފި ނަމަ، ނަތީޖާ ލިބެންދެން އެކަހެރިވެ ތިބުމަށް
ބަލީގެ އަލަމާތެއް ހުރި ނަމަ، މީހުން އެއްވެ އުޅޭ ތަންތަނަށް ނުދިޔުމަށް
ހިމަބިހި ފެތުރޭތީ ވެކްސިން ޖަހަން ފަށައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ