ހިތަދޫ ހުޅުދޫ - މީދޫ ލިންކް ބްރިޖު: ސާވޭއާ ޑިޒައިން ހެދުން ޗައިނާގެ ޓީވައިލިންއަށް

އައްޑޫ ސިޓީ ހިތަދޫ ހުޅުދޫ - މީދޫ ލިންކް މަޝްރޫއުގެ ސާވޭތައް ހެދުމާއި، ޑިޒައިން ތައްޔާރުކުރުމުގެ މަސައްކަތް ކުންފުންޏަކާއި ހަވާލުކޮށްފި އެވެ.
އެ މަަސައްކަތް ހަވާލުކުރުމުގެ އެއްބަސްވުމުގައި މިއަދު ވަނީ ސޮއިކޮށްފަ އެވެ. އެ މަސައްކަތް ހަވާލުކޮށްފައި ވަނީ ޓީވައިލިން އިންޓާނޭޝަނަލް އިންޖިނިއަރިން ކޮންސަލްޓިން (ޗައިނާ) ކޮމްޕެނީ ލިމިޓެޑް އެވެ. މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާގައި މިއަދު އޮތް ރަސްމިއްޔާތެއްގައި މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު ޑރ. ޢަބްދުﷲ މުއްޠަލިބް އެވެ.
ހިތަދޫ ހުޅުދޫ - މީދޫ ލިންކް ބްރިޖު: ސާވޭއާ ޑިޒައިން ހެދުން ޗައިނާގެ ޓީވައިލިންއަށް ހަވާލުކުރުން -- 
ޓީވައިލިންގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ ޗައިނާ ބްރާންޗްގެ ޕްރެސިޑެންޓް ޗެންޝީއޯހޫ އެވެ.
ހިތަދޫ ހުޅުދޫ - މީދޫ ލިންކް ބްރިޖު: ސާވޭއާ ޑިޒައިން ހެދުން ޗައިނާގެ ޓީވައިލިންއަށް ހަވާލުކުރުން -- 
މިނިސްޓްރީން ބުނި ގޮތުގައި މި އެއްބަސްވުމުގެ ދަށުން އެ ކުންފުނިން އައްޑޫ ސިޓީ ހިތަދޫ ހުޅުދޫ - މީދޫ ލިންކް މަޝްރޫއުގެ ސާވޭތައް ހެދުމާއި ޑިޒައިން ތައްޔާރުކުރުމާއި، ޓެކްނިކަލް ސްޕެސިފިކޭޝަން އަދި އަމަލީ މަސައްކަތް ޓެންޑާ ކުރުމަށް ބޭނުންވާ ލިޔެކިޔުންތައް ތައްޔާރުކުރުމުގެ މަސައްކަތް ކުރާނެ އެވެ.
އައްޑޫ ސިޓީ ހިތަދޫ ހުޅުދޫ - މީދޫ ލިންކް މަޝްރޫއުއަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ