ގިނަ ބައަކު ކަންބޮޑުވެ އެންމެ ގިނައިން ވާހަކަދައްކާ އެއްކަމަކީ ކައިވެންޏަށްފަހު ލޯބީގެ ގުޅުން ހީނަރުވެގެންދާ މައްސަލައެވެ. އެހެންކަމުން ފާހަގަކޮށްމިލަނީ ލޯބީގެ ގުޅުން ވަރުގަދަކޮށްދޭ ކައިވެނީގެ 5 ސުންނަތެކެވެ.
1. އެކުގައި ފެންވެރުން:
އެއީ ވަރަށް ކުޑަކަމެއްހެން ހީވެދާނެއެވެ. އެހެނަސް އެއީ ޠާހިރު އަދި ބާރުގަދަ ސުންނަތެކެވެ.
2. ތިބާގެ އަމިއްލަ އަތުން އެކަނބުލޭގެއަށް ކާންދިނުން:
އެއީ ހަމައެކަނި ލޯތްބެއްނޫނެވެ. އެއީ އަޖުރު ލިބިގެންވާ ކަމެކެވެ. ތިބާ އެކަނބުލޭގެއަށް ލަވާ އެންމެ ސުވާއަކީވެސް އިސްލާމްދީނުގައި ޞަދަގާތުގެ ޢަމަލެކެވެ.
3. ރޭސް ޖެހުން ނުވަތަ ރޭގަނޑު އެކުގައި ހިނގާލުން:
ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް އެކަލޭގެފާނުގެ އަނބިކަނބަލުން ޢައިޝާ އާއި އެކު ރޭސްޖައްސަވާ އުޅުއްވެވިއެވެ. އެންމެ ފަހަރަކު ނޫނެވެ. ދެފަހަރު ރޭސް ޖެއްސެވިއެވެ.
4. ގޭތެރޭގެ ކަންކަމުގައި އެކަނބުލޭގެއަށް އެހީތެރިވުން:
ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް އެކަލޭގެފާނުގެ އާއިލާއަށް ޚިދުމަތް ކޮށްދެއްވެވިއެވެ. ގޭތެރޭގެ ކަންކަމުގައި އެހީތެރިވުމަކީ ބަލިކަށިވުމެއް ނޫނެވެ. އެއީ ސުންނަތެކެވެ.
5. މައްސަރުކަންތަކުގެ ދުވަސްވަރުގައި ތިބާގެ ގާތުގައި ބާއްވައިގެން އަރާމް ކުރަންތިބޭއިރު ޤުރުއާން ކިޔެވުން:
އެކަނބުލޭގެ އެންމެ އުނދަގޫ ބަލިކަށި ވަގުތުގައިވެސް އެކަލޭގެފާނު ޞައްލަﷲ ޢަލައި ވަސައްލަމް އެކަމަނާ ރޫޙާނީގޮތުން ހަރަކާތްތެރިކުރުވިއެވެ. އެކަމަށް ކުރަން އޮތް އެއްކަމަކީ ތިބާ ޤުރްއާން ކިޔެވުމެވެ.
މިއިން އެއްވެސް ކަމަކީ ކުރަން އުނދަގޫ ކަމެއް ނޫނެވެ. ނަމަވެސް މިކަންކަމަށް ސަމާލުކަންދެނީ މަދުމީހެކެވެ. އަހުރެން ބުނާނީ މިކަންކަމަށް ސަމާލުކަންދެވޭނަމަ ލޯބީގެ ގުޅުން ދާނީ އިތުރަށް ބަދަހިވަމުން ކަމަށެވެ. ހީނަރުވާ ކަމުގެ ޝަކުވާކުރަން ނުޖެހޭނެ ކަމަށެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން
ލޯބީގެ ގުޅުން ވަރުގަދަކޮށްދޭ ކައިވެނީގެ 5 ސުންނަތެއް- ތަޖުރިބާކޮށް ތަފާތު ބަލައިލަބަލަ!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ