ކްރިމިނަލް ކޯޓުން ބައްސާމަށް އިތުރު 5 އަހަރުގެ ޖަލު ހުކުމެއް

މަނީލޯންޑަރ ކުރުމުގެ ކުށް ސާބިތުވެ، އެފްއޭއެމްގެ ރައީސް ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލަށް އިތުރު ފަސް އަހަރުގެ ޖަލު ހުކުމެއް ކޮށްފިއެވެ.
ކްރިމިނަލް ކޯޓުގެ މި ހުކުމަކީ އެފްއޭއެމްގެ ރައީސަކަށް ބައްސާމް ހުރިއިރު ފީފާއިން އެފްއޭއެމަށްދިން 10،000 ޑޮލަރު ލިޔުންތަކެއް ހުށަހަޅައިގެން އޭނާގެ އަމިއްލަ އެކައުންޓަށް ޖަމާކުރި މައްސަލައެވެ. މި މައްސަލާގައި ބައްސާމުގެ މައްޗަށް ހިޔާނާތުގެ ކުށް މީގެކުރިން ސާބިތުވެފައިވާއިރު، ހަތަރު އަހަރަށް ޖެލަށްލުމަށް އެފަހަރު ވަނީ ހުކުމްކޮށްފައެވެ. ކްރިމިނަލް ކޯޓުން އެ މައްސަލާގައި މިފަހަރު ވަނީ ބައްސާމް އިތުރު ފަސް އަހަރަށް ޖަލަށްލައި 154،000 ރުފިޔާއިން ޖޫރިމަނާކޮށްފައެވެ.
ދައުލަތުން އެދުނީ 15 އަހަރަށް ބައްސާމު ޖަލުގައި ބަންދުކޮށް 50 ހާސް ޑޮލަރުގެ ޖޫރިމަނާއެއް ނަމަވެސް އޭނާ ވަނީ އަދަބު ލުއިކޮށްދިނުމަށް އެދިފައެވެ.
ބައްސާމްގެ މައްޗަށް ދައުލަތުން ދެ ދައުވާއެއް އުފުލިއެވެ. އެއީ ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްއަށް އެކި ފަރާތްތަކުން ދޭ ފައިސާއަށް އެ އެސޯސިއޭޝަންގެ އިސްވެރިން ހިޔާނާތްތެރިވެ، އިތުރު ކުށުގެ އަމަލުތައް ހިންގާކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި އުފުލި ޖިނާއީ ދެ ދައުވާއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ