ފުޓުްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލުގެ މައްޗަށް އުފުލި މަނީ ލޯންޑްރިންގެ ދައުވާ ވެސް ސާބިތުވެ އިތުރު ފަސް އަހަރު ދުވަހަށް ޖަލަށް ލުމަށް މިއަދު ހުކުމްކޮށްފި އެވެ.
ހުލާސާ - ބައްސާމަށް ދައުވާ ކުރީ:
އެފްއޭއެމްއަށް 2018 ވަނަ އަހަރު ފީފާއިން ޖަމާކުރި ޑޮލަރުގެ ތެރެއިން 10،000 ޑޮލަރު 26 އޮގަސްޓް 2018ގައި ބައްސާމްގެ އަމިއްލަ އެކައުންޓަށް ޖަމާކުރި މައްސަލައިގައި
ބައްސާމްގެ އަމިއްލަ އެކައުންޓަށް ޖަމާކުރި އެފްއޭއެމްގެ 10،000 ޑޮލަރުގެ ބޮޑު ބައެއް އޭނާ އާއި އަންހެނުންގެ ހިއްސާ އޮންނަ ގްލޭސިއާ އިންވެޓްމަންޓްސްގެ ބޭނުންތަކަށް ބޭނުންކޮށްފައިވާ ކަމަށް ދައުލަތުން ތުހުމަތުކުރޭ
އެ ފައިސާގެ ތެރެއިން 2،000 ޑޮލަރު ބޭނުންކޮށްގެން ބައްސާމް ކުއްޔަށް ނަގައިގެން އުޅުނު ރެހެންދި ފްލެޓުގެ ކުލި ދައްކާފައިވާ ކަމަށް ވެސް ތުހުމަތުކޮށްފައިވޭ
ވީކިހިނެއް؟ - ބައްސާމްގެ މައްޗަށް ދެ ދައުވާއެއް އުފުލި އެވެ. އެއީ ހިޔާނާތުގެ ކުށުގެ ދައުވާ އާއި މަނީ ލޯންޑަރިންގެ ދައުވާ އެވެ.
ކުރިމިނަލް ކޯޓުން މި މަހުގެ 8 ވަނަ ދުވަހު ވަނީ ބައްސާމްގެ މައްޗަށް ހިޔާނާތުގެ ދައުވާ ސާބިތުވެފައިވާ ކަމަށް ކަނޑައަޅައި ހަތަރު އަހަރުގެ ޖަލު ހުކުމެއް އިއްވި އެވެ. ނަމަވެސް މަނީ ލޯންޑަރިންގެ ދައުވާއާ މެދު އެ ދުވަހު ގޮތެއް ނުނިންމަ އެވެ.
ތަފްސީލް - މިއަދު ކުރިމިނަލް ކޯޓުގައި އެ ދައުވާއަށް ހުކުމް ކުރީ:
ފަސް އަހަރު ދުވަހަށް ޖަލުގައި ބަންދުކުރުމަށް
ލޯންޑަކުރި ފައިސާގެ އަދަދު 154,000ރ. 6 މަސްދުވަހުގެ ތެރޭގައި މީރާއަށް ދެއްކުމަށް
ބައްސާމްގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓުގައި މައްސަލަ ބެއްލެވި ގާޒީ އިސްމާއީލް ޝަފީއު ހުކުމްކުރައްވަމުން ފާހަގަކުރެއްވީ:
ބައްސާމަށް ލިބުނު 10،000 ޑޮލަރަކީ އޭނާގެ މުސާރަ ކަމަށް އޭނާ ވިދާޅުވި ނަމަވެސް ފައިސާ ޖަމާކުރި ރަސީދުގައި ލިޔެފައިވަނީ "ސޭލްސް އޮފް ޑޮލަރު"
ބައްސާމަށް އުޖޫރައެއް ގޮތުގައި ދޭން ނިންމާފައިވަނީ މަހަކު 3،000 ޑޮލަރު، އެ އަދަދަށްވާ ދިވެހި ފައިސާ 5 އޮގަސްޓް 2018ގައި ބައްސާމްގެ އެކައުންޓަށް ޖަމާކޮށްފައިވޭ
މުސާރަ ނުވަތަ އެލަވަންސަށްވާ ފައިސާ ޖަމާކުރި މަހުގެ ފަހުކޮޅު، 26 އޮގަސްޓް 2018ގައި އެލަވަންސްގެ ތިން ގުނަ އަދަދެއް ޖަމާކުރުމުން ވެސް އެއީ އެލަވަންސްގެ ފައިސާ ނޫންކަން ޔަގީންވޭ
ޑޮލަރު މާރުކުރުމަށް 10،000 ޑޮލަރު އެފްއޭއެމްއިން ބައްސާމްގެ އެކައުންޓަށް ޖަމާކުރުމަށް ފަހު އެ އަދަދަށްވާ ދިވެހި ފައިސާ އެފްއޭއެމްއަށް ނުދޭކަން ބައްސާމް ވެސް އެއްބަސްވޭ
މި ކަންކަމަށް ބެލުމުން ބައްސާމަށް ޖަމާކުރި ފައިސާއަކީ ޑޮލަރު މާރުކުރަން ދިން ފައިސާ ކަމާއި އެ ފައިސާއަށް ބައްސާމް ހިޔާނާތްތެރިވިކަން ސާބިތުވޭ
މަނީ ލޯންޑަރިންގެ ދައުވާ ވެސް ސާބިތުވެ ބައްސާމަށް އިތުރު 5 އަހަރުގެ ޖަލު ހުކުމެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ