ހޯރަފުށި ދުވަހުގެ ޝަރަފުވެރިންގެ ޖަލްސާއަށް މެންބަރު އަލީ މޫސާ ނުދިޔަ!
"ހޯރަފުށި ދުވަސް" ފާހަގަ ކުރުމަށް މިރޭ ހޯރަފުށީގައި ބާއްވާ ބޮޑު ޖަލްސާ އަށް، ހޯރަފުށީ ދާއިރާގެ މެންބަރު އަލީ މޫސާ ނުދާ ކަން ހާމަ ވެއްޖެ އެވެ. މި ޖަލްސާގައި އަކީ އެކި ދާއިރާ އިން ހޯރަފުއްޓަށް ހިދްމަތް ކުރެއްވި ބޭފުޅުންގެ އަގުވަޒަން ކުރުމުގެ ގޮތުން އެ ރަށު ކައުންސިލުން ކޮންމެ އަހަރަކު ބާއްވަމުން އަންނަ ޖަލްސާ އެކެވެ. މި ދިޔަ އަހަރު އޮތް ޖަލްސާގައި 92 ފަރާތަކަށް ވަނީ އެ ވޯޑް ދީފަ އެވެ.މިރޭ ހޯރަފުށީ ބަދަރުގައި ބާއްވާ މި ޖަލްސާގައި 77 ފަރާތަކުން "އެވޯޑް" ހާސިލް ކުރާނެ އެވެ. މި ޖަލްސާގައި މައިގަނޑު 5 ދާއިރާއަކުން އިނާމު ދެ އެވެ. އޭގެ ތެރޭގައި ޝަރަފުވެރިކަމުގެ އިނާމު، މަތީ ދަރަޖައިގެ އިނާމު، ހިތްވަރު ދިނުމުގެ އިނާމު، ހާއްސަ ހިދުމަތުގެ އިނާމު އަދި ލައިފް ޓައިމް އެޗީވްމެންޓް އިނާމު ހިމެނެ އެވެ. މި އަހަރުގެ ޖަލްސާގެ ކައުންސިލުން ދުރާލާ ދައުވަތު ދިން މީހުންގެ ތެރޭގައި ހޯރަފުށީ ދާއިރާގެ މިހާރުގެ މެންބަރު އަލީ މޫސާގެ އިތުރުން ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަށާއި ހޯރަފުށީ ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު ސަލީމް އަށާއި މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް ވެސް ހިމެނެ އެވެ. ސޯލިހު، ސަލީމް އަދި އާޒިމް ވަނީ މިއަދު ހަވީރު ޖަލްސާއަށް ހޯރަފުއްޓަށް އައިސްފަ އެވެ. ކުރީގެ ރައީސް ސޯލިހަށް މަރުހަބާ ކިއުމަށްޓަކާ ހޯރަފުށީގެ އެތައް ސަތޭކަ ރައްޔިތުން ވަނީ އެއާޕޯޓް ސަރަހައްދަށް އެއްވެފަ އެވެ. ދުރާލާ ދައުވަތު ފޮނުވި ނަމަވެސް އަލީ މޫސާ އަށް މި ޖަލްސާގައި ބައިވެރިވެވެން ނެތް ކަމަށް ކައުންސިލަށް އެންގިކަން "ހޯރަ" ވަނީ ކަށަވަރު ކުރެވިފަ އެވެ. މި ޖަލްސާއަށް ސަރުކާރު މެންބަރު "ފިއްލެވި" އިރު މި ޖަލްސާ ބާއްވަން ހއ އަތޮޅު މަދަރުސާގެ ހޯލް ނުދިން މައްސަލައެއް ވެސް މިއަދު ވަނީ ފެންމަތިވެފަ އެވެ.އިތުރަށް ކިޔާލަން: ސްކޫލް ހޯލު ނުދިނުމަކީ ރައްޔިތުންނަށް ކޮށްލި މަލާމާތެއް، ފުރައްސާރައެއް: ރައޫފްހޯރަފުއްޓަށް ހިދުމަތް ކުރެއްވި ބޭފުޅުންގެ އަގު ވަޒަން ކުރަން ބާއްވާ މި ޖަލްސާގައި ހޯރަފުށި ތަމްސީލު ކުރައްވާ މެންބަރު ބައިވެރި ނުވި ސަބަަބު ހޯދަން މެސެޖް ކުރުމުން ޖަވާބެއް ނުދެ އެވެ.ހޯރަފުށީގެ ބާއްވާ މުހިންމު ޖަލްސާއެއްގައި މެންބަރު ބައިވެރިވުމަށް ދެކޮޅު ހެދިއިރު ހޯރަފުށީގެ ތަރައްގީގެ މަސައްކަތް މަޑުޖެހިފާ އޮތުމުން ރައްޔިތުންގެ "ޕްރެޝަރު" މެންބަރަށް އޮތް ކަން ވަނީ ފާހަގަވެ އެވެ.އިތުރަށް ކިޔާލަން: ސަރުކާރު ފަޅިން ހޮވިގެން ތަރައްގީގެ އަޑު މަޑުވީ ކީއްވެ..؟އިތުރަށް ކިޔާލަން: ހޯރަފުށި ދާއިރާގެ ތަރައްގީގެ ދުވެލި މަޑުވެއްޖެ ކަމުގެ އަޑު ގަދަވެއްޖެ!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ