ޝައިހް އިބްރާހީމްގެ ބޭސްފަރުވާއަށް 400،000ރ. ލިބިއްޖެ

ދިވެހި ރައްޔިތުން ދީނީ ގޮތުން ހޭލުންތެރި ކުރުވާ ދިވެހި މުޖްތަމައުގައި ދީނީ އިލްމު ފެތުރުމުގައި މަސައްކަތް ކުރައްވަމުން ގެންދަވާ ޝައިހް މުހައްމަދު އިބްރާހީމް (ނައިފަރީ)ގެ ބޭސްފަރުވާ އަށް 400،000ރ. ލިބިއްޖެ އެވެ.
ދެ ލޮލުގެ ފެނުން ގެއްލި ސިއްޙީ އެކިއެކި ކަންކަމަށް ފަރުވާކުރައްވަމުން ގެންދަވާ ޝައިހް އިބްރާހިމް ވަނީ 2023 ވަނަ އަހަރު ސިކުނޑީގެ ޓިޔުމަރު ނަގަން އޮޕަރޭޝަނެއް ވެސް ކޮށްފަ އެވެ. އެ އޮޕަރޭޝަނުގައި ޓިއުމަރުގެ 75 އިންސައްތަ ނެގި އިރު، އަނެއް 25 އިންސައްތައިގެ ހާލަތު ބެލުމަށް ހަދަންޖެހިފައިވާ އެމްއާރުއައި ސްކޭން އަދިވެސް ނުހެދެ އެވެ. ދޭތެރެއަކުން ކިޑްނީގެ މައްސަލަވެސް ކުރިމަތިވެ އެވެ.
ޝައިހް އިބްރާހީމަށް އެހީވުމުގެ ގޮތުން "އެހީ ޖަމިއްޔާއިން" ވަނީ "އެދިހަ" ނަމުގައި ޕޯޓަލެއް ހަދައިފަ އެވެ. އެ ޕޯޓަލަށް މިހާތަނަށް ވަނީ 407،826ރ. ވަނީ ލިބިފަ އެވެ.
އެހީ ޖަމިއްޔާއިން ބުނާ ގޮތުން ޝެއިހްގެ ފަރުވާގެ ފުރަތަމަ ދަތުރަށް 20،000 ޑޮލަރު ބޭނުންވެ އެވެ. ފަރުވާ އިން ޝެއިޚްގެ ލޮލަށް ފެންނާނެ ކަމުގެ ބޮޑު އުންމީދެއް އެބަ އޮތް ކަމަށް އެހީ ޖަމިއްޔާއިން ބުންޏެވެ.
ދަރުސް ތަކުގެ އިތުރުން ޝެއިޚް އިބްރާހިމް ވަނީ ދިވެހިބަހުން އެތަކެއް ފޮތްތަކެއް ލިޔުއްވައި އަރަބި ފޮތްތައް ތަރުޖަމާ ކުރައްވާފަ އެވެ. އެގޮތުން ފާހަގަކޮށްލެވޭ ފޮތްތަކުގެ ތެރޭގައި ޙިސްނުލް މުސްލިމް، ކިތާބުއް ޞިޔާމު، ނަބީބޭކަލުންގެ ތަރިކަ، ތައުޙީދުގެ ޚުލަސާ، ކިތާބުއް ޞަލާތު ފަދަ މުހިންމު އެތަކެއް ފޮތެއް ހިމެނެ އެވެ.
އެދިހަ ޕޯޓަލް ލިންކު: https://edhiha.mv/campaigns/j86bQnYZ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ