ވިލާ ކޮލެޖުގެ އޮންލައިން އެމްބީއޭ ޕްރޮގްރާމް ކިއުއެސް އޮންލައިން އެމްބީއޭ ރޭންކިންގްސް 2026ގައި ހިމެނިއްޖެ

ވިލާ ކޮލެޖުން އޮންލައިންކޮށް ކުރިއަށް ގެންދާ މާސްޓާ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން (އެމްބީއޭ) ޕްރޮގްރާމް 'ކިއުއެސް އޮންލައިން
އެމްބީއޭ ރޭންކިންގްސް 2026'ގައި ހިމެނިއްޖެ އެވެ.
ވީ ކިހިނެއް؟ - މިއާއެކު އެ ޕްރޮގްރާމު ވަނީ ދުނިޔޭގެ އެންމެ ރަނގަޅު 150 އޮންލައިން އެމްބީއޭ  ޕްރޮގްރާމުގެ ތެރޭ ހިމެނިފަ އެވެ.
ތަފްސީލް - ދުނިޔޭގެ
އެންމެ އިތުބާރު ހުރި އެއް ރޭންކިން ޕްލެޓްފޯމް، ކިއުއެސް އޮންލައިން އެމްބީއޭ ރޭންކިންގްސް
2026ގައި މި ޕްރޮގްރާމު ރޭންކު ކުރެވުނުއިރު މިއީ ރާއްޖޭގެ މަތީ ތައުލީމު ދޭ މުއައްސަސާއަކުން
ހިންގާ ޕްރޮގްރާމެއް ކިޔޫއެސް ވޯލްޑް ސަބްޖެކްޓް ރޭންކިން ގައި ރޭންކް ކުރެވުނު ފުރަތަމަ
ފަހަރެވެ.
ދުނިޔޭގެ 27 ގައުމެއްގެ  ޔުނިވާސިޓީތަކުގެ
އޮންލައިން އެމްބީއޭ ޕްރޮގްރާމްތައް ހިމެނުނު މި ރޭންކިންގް ގައި ދުނިޔޭގެ ނަން މަޝްހޫރު
ބިޒްނަސް ސްކޫލްތަކުގެ އޮންލައިން އެމްބީއޭ ތައް ހިމެނިފައިވެ އެވެ. މި ރޭންކިންސް ގައި
ވިލާ ކޮލެޖް ދަރަޖަކުރެވިފައި ވަނީ ޖުމްލަ ރޭންކިން އަށް ބަލާއިރު ދުނިޔޭގެ ޓޮޕް
150 އޮންލައިން އެމްބީއޭގެ ތެރޭގަ އެވެ.
"ކްލާސް އެކްސްޕީރިއަންސް"ގެ މިންގަނޑުން ދުނިޔޭގެ އެއްވަނަ ދަރަޖައިގައި
މި ކާމިޔާބީގައި
އެންމެ ފާހަގަކުރެވެނީ އުނގެނުމުގެ ތަޖުރިބާ ވަޒަންކުރާ
"ކްލާސް އެކްސްޕީރިއަންސް"ގެ މިންގަނޑުން، އޭޝިއާ ޕެސިފިކް ސަރަހައްދުން ދުނިޔޭގެ 1 ވަނަ ރޭންކް ގައި
ވިލާ ކޮލެޖު ދަރަޖަ ކުރެވިފައިވާ ކަމެވެ.
މިއީ އޮންލައިންކޮށް ކިޔަވާއިރު ވެސް، ދަރިވަރުންނަށް އެންމެ ފުރިހަމަ އެހީތެރިކަމާއި އުނގެނުމަށް ފަސޭހަ މާޙައުލެއް ފޯރުކޮށްދިނުމަށް އެ ކޮލެޖުން
ދޭ އަހަންމިއްޔަތުކަން ހާމަކޮށްދޭ ކަމެއް
ޒަމާނީ ޓެކްނޮލޮޖީގެ އެހީތެރިކަމާއި ލައިވް ކްލާސްތަކާއި ކޯހުގެ އެންމެހައި ވަސީލަތްތައް ފަސޭހައިން ލިބޭނެ އިންތިޒާމުތަކާއި އަދި ލެކްޗަރާއިންނާ ބައްދަލުކޮށް މަޝްވަރާކުރުމުގެ ފުރުސަތުތައް ފަހިކޮށްދީފައިވާ މިންވަރަށް މި ކެޓަގަރީގައި ބަލާ
މީގެ އިތުރުން މި ރޭންކިންގައި ފެކަލްޓީ އެންޑް ޓީޗިން" އާއި "އެމްޕްލޯޔަބިލިޓީ" ދާއިރާއިން
އޭޝިއާ ޕެސިފިކް ސަރަހައްދުން 12 ވަނަ ދަރަޖައިގައި  ވިލާ ކޮލެޖުގެ
އެމްބީއޭ ޕްރޮގްރާމް ވަނީ ގިންތި ކުރެވިފަ އެވެ. މި ކެޓަގަރީގައި ފެންވަރު ރަގަޅު
ލެކްޗަރާއިންގެ އިރުޝާދުގެ ދަށުން ކިޔެވުމުގެ ފުރުސަތު ލިބުމާއި، ދަރިވަރުންނާއި ލެކްޗަރާއިންގެ ނިސްބަތް ހުންނަ މިންވަރު، ފަދަ ކަންތައްތަކަށް ބަލާފައިވެ އެވެ.
މީގެ އިތުރުން ވިލާ ކޮލެޖުން ދަސްވެނިވާ ދަރިވަރުންނާމެދު ވަޒީފާދޭ
ފަރާތްތަކުގެ މެދުގައި އިތުބާރު ލިބިފައިވާ މިންވަރާއި ދަސްވެނިވާ ދަރިވަރުންގެ ގާބިލްކަން އަދި މަސައްކަތުގެ މާޙައުލަށް
ތައްޔާރުވެފައިވާ މިންވަރަށް ބަލާފައިވެ އެވެ.
ވިލާ ކޮލެޖުގެ އެމްބީއޭ ޕްރޮގްރާމް
މިއީ ވަޒީފާގައި ތިބެގެން ތައުލީމު
ހާސިލުކުރާ ފަރާތްތަކަށް ވެސް ބައިވެރިވެވޭނެހެން ބައްޓަންކޮށްފައިވާ ޕްރޮގްރާމެކެވެ.
އޮންލައިންކޮށް އަދި ކުލާހަށް ހާޒިރުވެގެން ވެސް ކިޔެވޭ އިންތިޒާމް ހަމަޖެހިފައިވާ
މި ޕްރޮގްރާމްގައި  ދަރިވަރުން ކިޔަވަމުންދާނީ
 އުނގެނުމުގައި ޝާމިލުވާ ނިޒާމެއްގެ ތެރެއިންނެވެ.
ވިލާ ކޮލެޖަކީ ކިޔުއެސްގެ ރޭޓިންގައި ހިމެނުނު ރާއްޖޭގެ ފުރުތަމަ މަތީ ތައުލީމުދޭ މުއައްސަސާ
 އޮންލައިން ލާނިންއާއި
އެންވަރަމެންޓަލް އިމްޕެކްޓް އަދި އެމްޕްލޯޔަބިލިޓީ އިން ވިލާ ކޮލެޖުވަނީ ފަސްތަރި ހާސިލްކޮށްފައި
މީގެ އިތުރުން "ޓައިމްސް ހަޔަ އެޑިއުކޭޝަން"ގެ "އިމްޕެކްޓް ރޭންކިންގްސް 2025"ގައި ބައިވެރިވެ، އދ.ގެ ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތައް ހާސިލުކުރުމަށް ވިލާ ކޮލެޖުން އަދާކުރާ ދައުރުވެސް ވަނީ ސާބިތުކޮށްދީފަ އެވެ. 
އެ ކޮލެޖުން ވަނީ ވަޒަންކުރެވުނު ހުރިހާ ލަނޑުދަނޑިއަކުން ވެސް ދުނިޔޭގެ އެވްރެޖަށް
ވުރެ މަތިން ޕޮއިންޓު ހޯދާފަ އެވެ. އަދި، އެސް.ޑީ.ޖީ
4، އެސް.ޑީ.ޖީ 5، އެސް.ޑީ.ޖީ
16، އަދި އެސް.ޑީ.ޖީ 17 - މި
ލަނޑުދަނޑިތަކުން ދުނިޔޭގެ އެންމެ ރަނގަޅު 25 ޕަސެންޓް މުއައްސަސާތަކުގެ ތެރޭގައި ވިލާ
ކޮލެޖު ހިމެނިފައިވެއެވެ.
ޓައިމްސް ހަޔާ އެޑިއުކޭޝަން އިމްޕެކްޓް ރޭންކިންގްސް އަކީ
އދ.ގެ ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތައް ހާސިލްކުރުމަށް ޔުނިވާސިޓީތަކުން
އަދާކުރާ ދައުރުގެ މައްޗަށް ބިނާކޮށް އެ މުއައްސަސާތައް އިވެލުއޭޓްކުރާ ގްލޯބަލް ފްރޭމްވޯކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ