މޫސުން: ދުރު ފެންނަ މިންވަރު 5 ކިލޯމީޓަރާ ހަމައަށް ފުސްވެއްޖެ

އުތުރާއި މެދުރާއްޖެތެރޭގެ ވައި ނުސާފުވެ، ހަމަ ލޮލަށް ފެންނަ ދުރުމިން ވަރަށް ބޮޑަށް ދަށަށް ގޮސްފައިވާ ކަމަށް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް އޮފީހުން) ބުނެފިއެވެ.
މެޓް އޮފީހުން ބުނީ މި ދުވަސްވަރު ވައި ނުސާފުވެފައި ވަނީ އިރުމަތިން ޖެހެމުން އަންނަ ވައިގެ ސަބަބުން ކަމަށެވެ.
ސާފު ދުވަހެއްގައި 10 ކިލޯމީޓަރަށް ވުރެ ދުރު ފެންނަކަން މެޓް އޮފީހުން ފާހަގަ ކުރެއެވެ. ނަމަވެސް ވޭތުވެދިޔަ 24 ގަޑިއިރު، ހާއްސަކޮށް މެދުރާއްޖެތެރޭގެ ސަރަހައްދަށް ދުރު ފެންނަ މިންވަރު 5 ކިލޯމީޓަރަށް ދަށްވެފައިވާ ކަމަށް މެޓް އޮފީހުން ވަނީ ބުނެފައެވެ.
މެޓް އޮފީހުން އިތުރަށް ބުނީ ދުރު ފެންނަ ނިސްބަތް ބަދަލުވުމުގައި ވައިގެ މިސްރާބާއި ބާރުމިން އަދި ވިއްސާރަވުން މުހިންމު ދައުރެއް އަދާކުރާ ކަމަށެވެ.
ވައި ނުސާފުވުމުގެ ސަބަބުން ފުއްޕާމޭގެ ދާއިމީ ބަލިތައް ހުންނަ ފަރާތްތަކަށް މީހުންނަށް ނޭވާލުމުގައި އުނދަގޫތަކެއް ކުރިމަތިވެދާނެ ކަމަށް އެތެރެހަށީގެ ހާއްސަ ޑޮކްޓަރު ޑރ. މުހައްމަދު އަލީ ވަނީ ވިދާޅުވެފައެވެ. އެފަދަ ފަރާތްތަކުން ސަމާލުވުމަށް ވެސް ޑރ. މުހައްމަދު އަލީ ވަނީ އިރުޝާދު ދެއްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ