މޫސުން ގޯސްވުމުން މާދަމާ ބާއްވާ ބައި-އިލެކްޝަންތަކުގެ ވަގުތު އިތުރުކޮށްފި

މޫސުން ގޯސްވުމުން މާދަމާ ބާއްވާ ބައި-އިލެކްޝަންތަކުގެ ވަގުތު އިތުރުކޮށްފިއެވެ.
އިލެކްޝަންސް ކޮމިޝަން (އީސީ)އިން ބުނީ މުޅި ރާއްޖޭގެ މޫސުން ގޯސްވެ ވިއްސާރަވެ، ވައިގަދަވެ އަދި ކަނޑުގަދަވުމުގެ ސަބަބުން ޢާންމު ދަތުރުފަތުރަށް ބުރޫއަރައި ވޯޓުލުމަށް މީހުން ނިކުތުމަށް ދަތިވާނެތީ، މާދަމާ ކުރިގެންދިއުމަށް ހަމަޖެހިފައިވާ ބައި އިލެކްޝަންތަކުގެ ވަގުތުން އެއް ގައިރު އިތުރުކޮށްފައިވާ ކަމަށެވެ.
އީސީން ކުރިން ނިންމާފައި އޮތީ މާދަމާ ހަވީރު 4:00 ނިޔަލަށް ވޯޓުލުން ކުރިއަށް ގެންދާށެވެ. ނަމަވެސް މިހާރު އިތުރުކުރި އެއް ގަޑިއިރާއެކު ވޯޓުލުމުގެ ފަހު ގަޑިއަކީ 17:00 އަށް ވަނީ ބަދަލުކޮށްފައެވެ.
މާދަމާ ބާއްވަން ނިންމާފައިވާ ބައި-އިލެކްޝަން ތަކަކީ، މާލެ ސިޓީ ކައުންސިލްގެ މޭޔަރު، މާލެ ސިޓީ ކައުންސިލްގެ މާފަންނު ދެކުނު ދާއިރާ، މެދުހެންވޭރު ދާއިރާ، ހެންވޭރު ދެކުނު ދާއިރާގެ މެންބަރު އަދި މ. މުލަކު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ މެންބަރު އިންތިޚާބު ކުރާ ބާއްވާ ބައި- އިލެކްޝަން އެވެ.
މާދަމާ ވޯޓުލާން ފަށަން ނިންމާފައި ވަނީ ހެނދުނު 8:00 އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ