ކޭއާރުއެޗަށް ބިން އިތުރުކުރުމާ ބެހޭ ބައްދަލުވުމަކަށް މޭޔަރު މާލެއަށް

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ބިން އިތުރުކުރުމާ ގުޅޭގޮތުން ހެލްތް މިނިސްޓްރީއާއެކު ބާއްވާ ބައްދަލުވުމަކަށް މޭޔަރު މުހައްމަދު އާތިފް، މާލެ ފުރާވަޑައިގަންނަވައިފި އެވެ.
މޭޔަރާއެކު މިދަތުރުގައި މެންބަރު އަހުމަދު އަބުދުﷲ (ރޯޒޭ) އާއި މެންބަރު އާތިފާ އަލީ ބައިވެރިވެވަޑައިގަންނަވަ އެވެ.
ކޭއާރުއެޗަށް ބިން އިތުރުކުރަން ހެލްތް މިނިސްޓްރީން ސިޓީ ކައުންސިލްގައި ވަނީ އެދިފަ އެވެ. މިނިސްޓްރީން އެދިފައިވަނީ އެސްޓީއޯ ފާމަސީ އުތުރުން އޮންނަ ސަރަހައްދުން ފެށިގެން ނޮލެޖް ސެންޓަރާ ހަމައަށެވެ. އެތަނުގައި އޮންނަ ބޮޑުމަގާއި ހޮނިހިރު ބާޒާރު އޮންނަ ގްރީން އެރީޔާ އާއި އެތަނުގައި ހުންނަ ރެސްޓޯރެންޓް އިމާރާތް ދާނެ އެވެ.
ހެލްތް މިނިސްޓްރީން ބިމެއް ހޯދަނީ ހޮސްޕިޓަލް ޓާޝިއަރީ ފެންވަރަށް ބަދަލުކުރަން ބޭނުންވާ އިމާރާތް އެޅުމަށް ކަމަށްވެ އެވެ.
އެކަމާ ގުޅިގެން ގިނަ ބަޔަކު މިހާރުވެސް އަންނަނީ ސޯޝަލް މީޑިއާގައި ކަންބޮޑުވުންފާޅުކުރަމުންނެވެ. އެގޮތުން ހޮސްޕިޓަލަށް ބޮޑު ބިމެއް ދީފައިވާއިރު އެތަނުގައި އިމާރާތްތައް އަޅާފައިވަނީ އެއްވެސް ޕްލޭނެއް ނެތި ބިން ގެއްލޭގޮތަށްކަމަށާއި ބިން ހޮސްޕިޓަލުގެ މިހާރު ބޭނުންކުރާ ބާ އިމާރާތުން ބައެއް ތަޅާލައި ބިން ނުގެއްލޭގޮތަށް އުސް އިމާރާތެއް އަޅާނެ ޖާގަ ހޮސްޕިޓަލްގެ އިމުގެ ތެރެއިން ލިބޭނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ