ވަޒީރުން މަޖިލީހަށް ހާޒިރުނުކޮށް، ސަބަބު ނާންގާ މަޖިލީސް ޖަލްސާތައް ނުބާއްވާތީ ގަރާރެއް ހުށަހަޅައިފި

ވަޒީރުންނާ ސުވާލުކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ނަމަވެސް، ވަޒީރުން ހާޒިރުނުކޮށް ގިނަ ދުވަސްވާތީއާއި ސަބަބު ނާންގާ މަޖިލިސް ޖަލްސާ ނުބާއްވާ ކަމަށް ވިދާޅުވެ، ގަލޮޅު ދެކުނު ދާއިރާގެ މަޖިލީސް މެންބަރު މީކާއިލް އަޙުމަދު ނަސީމް މަޖިލީހަށް ގަރާރެއް ހުށަހަޅުއްވައިފިއެވެ. އެ ގަރާރުގައި ވަނީ، ވެރިކަން ހިންގުމުގެ ބާރުގެ ފަރާތުން ކުރާ ކަންތައްތައް ހިނގާނުހިނގާ ގޮތް ބެލުމާއި ވެރިކަން ހިންގުމުގެ ބާރު ޖަވާބުދާރީ ކުރުވުމުގެ އިތުރުން އެކަން ކުރުމަށްޓަކައި ގާނޫނުގެ މަތިން ފިޔަވަޅު އެޅުމަކީ މަޖިލީހަށް މަތިކޮށްފައިވާ ދުސްތޫރީ ވާޖިބެއް ކަމަށެވެ. އެގޮތުން، ގާނޫނުއަސާސީގައި ވަޒީރުންގެ މަޖިލީހުގެ މެންބަރަކު ނުވަތަ ސަރުކާރު އޮފީހެއްގެ ވެރިއަކު އަދާކުރާ ވާޖިބުތަކާ ބެހޭ ގޮތުން އެމީހަކާ ލިޔުމުން ނުވަތަ އަނގަބަހުން ސުވާލުކުރުމުގެ ހައްގު މަޖިލީހުގެ ކޮންމެ މެންބަރަކަށް ލިބިގެންވާ ކަމަށް ބަޔާންކޮށްފައިވާ ކަމަށް ގަރާރުގައިވެއެވެ. މަޖިލީހުގެ ތަޅުމުގައި މެންބަރުން: ވަޒީރުން މަޖިލީހަށް ހާޒިރުނުކޮށް، ސަބަބެއް ނާނގާ މަޖިލީސް ޖަލްސާ ނުބާއްވާތީ ގަރާރެއް ހުށަހަޅައިފި -- ފޮޓޯ: މަޖިލިސް ނަމަވެސް، ވަޒީރުންނާ ސުވާލުކުރުމަށް މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ މެދުވެރިކޮށް މެންބަރުން ފޮނުވާފައިވާ ސުވާލުގެ ނޯޓިހުގެ މުއްދަތު ފާއިތުވެ އެތައް ދުވަހެއް ވީއިރުވެސް، އެ ވަޒީރުން މަޖިލީހަށް ހާޒިރުވެ ސުވާލަށް ޖަވާބުދީފައިނުވާ ކަމަށް ގަރާރުގައި މީކައިލް ވިދާޅުވެފައިވެއެވެ. މި ގަރާރުގައި އިތުރަށް ފާހަގަކޮށްފައިވާ ކަންކަމުގެ ތެރޭގައި: ބައެއް ވަޒީރުންނާ ސުވާލުކުރުން މަޖިލީހުގެ ޖަލްސާއެއްގެ އެޖެންޑާގައި ނުހިމަނައި، މަޖިލީހުގެ ރައީސް ލަސްކުރައްވަމުން ގެންދެވުން މަގުބޫލު އެއްވެސް ސަބަބެއް ނެތި އަދި، މަޖިލީހުން އެހެން ގޮތަކަށް ކަނޑައަޅާފައި ނުވަނީސް މަޖިލީހުގެ އާންމު ޖަލްސާތައް، މަޖިލީހުގެ ރައީސް ނުބާއްވާކަން ފާހަގަވުން އެފަދަ ކަންކަމަކީ ވެރިކަން ހިންގުމުގެ ބާރުގެ ފަރާތުން ކުރާ ކަންތައްތައް ހިނގާނުހިނގާ ގޮތް ބެލުމާއި ޖަވާބުދާރީ ކުރުމަށް މަޖިލީހަށް މަތިކޮށްފައިވާ ދުސްތޫރީ ވާޖިބު އަދާކުރުމަށް ހުރަސް އެޅޭ ފަދަ ކަންކަމުގެ ގޮތުގައި މެންބަރު ވަނީ ފާހަގަކުރައްވާފައެވެ. އެހެންވެ، ގަރާރު ހުށަހެޅުއްވީ އެކަމުގައި މަޖިލީހުގެ މެންބަރުން ދެކެވަޑައިގަންނަވާ ގޮތެއް ދެނެގަތުމަށްޓަކައި ކަމަށް މީކާއިލް ވަނީ ވިދާޅުވެފައެވެ. މީގެ ކުރިން ވެސް މަޖިލީހުގައި މީކާއީލް ވަނީ ޖަލްސާތައް ކެންސަލް ކުރާތީ އެކަމުގެ ކަންބޮޑުވުންތައް ފާޅުކުރައްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ