މި މަހުގެ ތެރޭގައި ދަސްވެނިވުނު ސިފައިންގެ 71 ވަނަ އަސާސީ ތަމްރީނު ކޯހުގެ ދަރިވަރުން ސިފައިންގެ ހުވާކޮށްފި އެވެ.
އެ ދަރިވަރުންނަށް ހުވާ ލައިދެއްވުމާއި ބަޑި ހަވާލުކުރުން އޮތީ މިރޭ ކަޅުތުއްކަލާ ކޮށީގައި އޮތް ސިފައިންގެ 133 ވަނަ އަހަރީ ދުވަހުގެ ރަސްމީ ޖަލްސާގަ އެވެ.
އެ ދަރިވަރުންނަށް ހުވާ ލައިދެއްވީ، ހައިކޯޓުގެ ފަނޑިޔާރު، މުހައްމަދު ނިޔާޒްއެވެ. ބަޑި ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ، ޑރ. މުހައްމަދު މުއިއްޒުއެވެ. އަދި ސިފައިންގެ މީހުންނަށް ބަޑިހަވާލުކުރާ އިރު އަންގާ އެންގުން އިއްވައިދެއްވީ، ވައިސް ޗީފް އޮފް ޑިފެންސް ފޯސް، ބްރިގޭޑިއާ ޖެނެރަލް އަޙްމަދު ޣިޔާޘް އެވެ.
Advertisement
މެރިޓުން ދެވަނަ ހޯދި ޕްރައިވެޓް ޔައީޝް މުހައްމަދު ނައީމް
ރަމްޒީގޮތުން ބަޑިއާ ހަވާލުވީ ދެ ދަރިވަރެކެވެ. އެއީ މެރިޓުން އެއްވަނަ ހޯދި ޕްރައިވެޓް ފަސުހާ އަހްމަދު އާއި ދެވަނަ ހޯދި ޕްރައިވެޓް ޔައީޝް މުހައްމަދު ނައީމް އެވެ.
71 ވަނަ އަސާސީ ތަމްރީނު ކޯހުން ދަސްވެނިވެ، ހުވާކޮށްފައިވަނީ 115 ދަރިވަރުންނެވެ. މީގެ ތެރޭގައި 10 އަންހެން ސިފައިންނާއި 105 ފިރިހެން ސިފައިން ހިމެނެއެވެ.
ދަސްވެނިވުނު 115 ސިފައިން ހުވާކޮށްފި، ކޯހުގެ އެއްވަނަ ފަސުހާއަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ