މިލަންދޫގައި ހަދާ ލައިސެންސް ޓްރެކްގެ މަސައްކަތް ބާރަށް ކުރިއަށް

ށ. މިލަންދޫގައި ހަދާ ލައިސެންސް ޓްރެކްގެ މަސައްކަތް ބާރަށް ކުރިއަށްދާ ކަމަށް އެ މަސައްކަތް ކުރާ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އިން ބުނެފި އެވެ.
އެ މަސައްކަތް ކުރަނީ އެ ކޯޕަރޭޝަންގެ އިޖުތިމާއީ ޒިންމާގެ ދަށުންނެވެ.
އާރުޑީސީން މިއަދު ބުނީ މިލަންދޫގައި އެއްގަމު އުޅަނދު ފަހަރު ދުއްވުމުގެ ލައިސެންސް ނެގުމަށް ހަދާ ޓްރެކްގެ މަސައްކަތް ބާރަށް ކުރިއަށް ގެންދާ ކަމަށެވެ. މިވަގުތު ކުރިއަށް ދަނީ ތަޅުން އެޅުމާއި ކުރެހުމުގެ މަސައްކަތް ކަމަށް ވެސް ބުންޏެވެ.
Advertisement
އަދި އެ މަސައްކަތް ކަނޑައެޅިފައިވާ ތާރީހަށް ނިންމާލެވޭނެ ކަމަށް ވެސް ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ