ެްެރައީސްގެ ދަރިކަލުންނާ ގުޅޭ މައްސަލައިގައި ފުލުހުން ދޮގު ހެދިކަން ފަޅާއަރައިފި ެްެރައީސްގެ ދަރިކަލުންނާ ގުޅޭ މައްސަލައިގައި ފުލުހުން ދޮގު ހެދިކަން ފަޅާއަރައިފި

އިދިކޮޅު އެމްޑީޕީގެ މެންބަރުން ކަމުގައިވާ މަރިޔަމް ޒުބައިރު (މަންދީ) އާއި އަހުމަދު ސަލީމް (މާޒް ސަލީމް) ގެ މައްޗަށް ޖިނާއީ ތަހުގީގެ ފުލުހުން ހިންގަމުންދަނީ ޗިލްޑްރަންސް އޮމްބަޑްސްޕާސަންގެ އޮފީހަށް ހުށަހެޅިފައިވާ މައްސަލައެއްގައި ކަމަށް ބުނެ ފުލުހުން ދޮގުހެދިކަން ފަޅާއަރައިފި އެވެ.
މިކަން ފަޅާއެރީ، އެކަން ދޮގުކޮށް ޗިލްޑްރަންސް އޮމްބަޑްސްޕާސަން އޮފީހުން ނެރުނު ބަޔާނަކާ ގުޅިގެންނެވެ. އެ ބަޔާނުގައި އެ އޮފީހުން ބުނީ އެ ފަދަ އެއްވެސް މައްސަލައެެއް ތަހުގީގުކުރަން ފުލުހަށް ހުށަނާޅާ ކަމަށް ބުނެފަ އެވެ.
އޮމްބަަޑްސްޕާސަން އޮފީހުން ނެރުނު ބަޔާނުގައި ގޮތުގައި ރައީސްގެ ދަރިކަލަކު ވޭޕް ކުރާ ވާހަކަ ދެއްކު މުޒާހަރާއާ އެ އޮފީހުގެ ސަމާލުކަމަށް އައުމުން ފުލުހަށް ފޮނުވި ސިޓީގައި، ދެން އަމަލުކުރަންވީ ގޮތެއް ނުވަތަ ތަހުގީގެއް ކުރުމަށް އެދިފައި ނުވާ ކަމަށެވެ.
"މި އޮފީހުގެ ފަރާތުން ފުލުހުންގެ އިދާރާއަށް ފޮނުވި ސިޓީގައި، އެ އިދާރާއިން އަމަލުކުރަންވީ ގޮތުގެ އެއްވެސް އިރުޝާދެއް، އަދި މިކަމާ ގުޅިގެން ޖިނާއީ ތަހުގީގެއް ކުރުމަށް އެދިފައެއް ނުވާނެ،" އެ އޮފީހުގައި ބަޔާނުގައި ބުންޏެެވެ.
އޭގެ ބަދަލުގައި ފުލުހުންނަށް ފޮނުވި ސިޓީގައި އެދިފައި ވާނީ، މުޒާހަރާތަކުގައި ކުދިންގެ ކަރާމާތަށް އުނިކަން އަންނަ މައުލޫމާތު ހާމަ ނުުކުރެވޭނެކަން ކަށަވަރުކުރުމަށް ކުރަން ޖެހޭ ކަންކަން ކުރުމަށް ކަމަށް އޮމްބަޑްސްޕާސަން އޮފީހުން ބުނެފައިވެ އެވެ.
މި މައްސަލައަށް އާންމުންގެ ގިނަ ބަޔެއްގެ ސަމާލުކަން ހުއްޓުނީ، މަންދީ އާއި މާޒް ސަލީމް ބަރަހަނާކޮށްގެން ފޮޓޯ ނަގަން ކޯޓުން އަމުރުކުރި ކަމަށް ބުނެ ބައެއް ނޫސްތަކުގައި ރިޕޯޓުކުރުމާ ގުޅިގެންނެވެ.
މިކަން ސާފުކޮށްދެމުން ފުލުހުން މިއަދު ހެނދުނު ނެރުނު ބަޔާނެއްގައި އަމުރުގައި އޮތީ އެ ދެ މީހުންގެ ޖިންސީ ގުނަވަނެއްގެ ފޮޓޯ ނުނެގޭނެ ވާހަކަ ކަމަށެވެ. އަދި އެ އަމުރުގެ ދަށުން އެއްވެސް މީހަކު ބަރަހަނާކޮށްގެން ފޮޓޯ ނުނަގާނެ ކަމަށް ވެސް ފުލުހުން ބުންޏެވެ.
ޖިނާއީ ތަހުގީގަކަށް މީހެއްގެ ފޮޓޯ ނަގަން ބޭނުންވާނަމަ ނުވަތަ މީހެއްގެ އަޑުގެ ސާމްޕަލް ބޭނުންވާނަ އެކަން ކުރެވޭނީ އޭނާގެ ރުހުން އޮވެގެންނެވެ. އެ މީހަކު އެކަމަށް އިންކާރު ކުރާނަމަ އެކަން ކުރެވޭނީ ކޯޓު އަމުރެއްގެ ދަށުންނެވެ.
މި މައްސަލައިގައި ހަށިގަނޑާއި އަޑުގެ ސާމްޕަލް ނަގަން އެދުނީ، ފުލުހުން ބުނި ގޮތުގައި، ފުޓޭޖަކުން ނުވަތަ ވީޑިއޯއަކުން ފެންނަ މީހަކީ ވަކި މީހެއްތޯ ބެލުމަށް ކޮމްޕެރިސަން ހަދަން ނުވަތަ އަޑަކީ ވަކި މީހެއްގެ އަޑުކަން ދެނެގަތުމަށެވެ.
ޗިލްޑްރަން އޮމްބަޑްސްޕާސަންގެ އޮފީހުން ފުލުހުންގެ ދެއްކި ވާހަކަތައް ދޮގުކުރިއިރު، އެމްޑީޕީން ތުހުމަތުކުރާ ގޮތުގައި ފުލުހުންގެ ތަހުގީގު ހިންގަނީ ފަސްޓްލޭޑީ ސާޖިދާ މުހައްމަދުގެ އަމުރަށެވެ. ނަމަވެސް ސާޖިދާގެ ވަކީލު، އާއިޝަތު އާޒިމާ ޝުކޫރު ވަނީ ފުލުހުންގެ ތަހުގީގާ، ސާޖިދާގެ ފަރާތުން ފެމިލީ ކޯޓަށް ހުށަހެޅި މައްސަލައާ އެއްވެސް ގުޅުމެއް ނެތް ކަމަށް ބުނެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ