އއ. ހިމަންދޫ އިންޖީނުގޭގެ މުވައްޒަފުން އިސްނަގައިގެން އެކި ފަރާތްތަކާ ގުޅިގެން ފަލަސްތީނުގެ ގައްޒާ ރައްޔިތުންނަށް އެހީވާން 260،800ރ. އެއްކޮށްފި އެވެ.
ތަފްސީލު - ސްޓެލްކޯއިން މިއަދު ބުނި ގޮތުގައި، މިއީ ހިމަންދޫ އިންޖީނުގޭގެ މުވައްޒަފުން އިސްނަގައިގެން އެ ރަށު ކައުންސިލާއި ސަރުކާރު މުއައްސަސާތަކާއި ކުލަބު ޖަމިއްޔާތައް ގުޅިގެން ހިންގި 'ހެލްޕް ގާޒާ - ދިވެހިން ހަނދާނެއް ނުނެތޭ' ހަރަކާތުގެ ދަށުން އެއްކުރި ފައިސާ އެވެ.
އެ ހަރަކާތުގައި އެއްކުރި 260،800ރ.ގެ ތެރެއިން 126،560ރ. އަކީ އިންޖީނުގޭގެ މުވައްޒަފުން ހަދިޔާކުރި ފައިސާ އެވެ.
"މިފަދަ އިޖުތިމާއީ ހިދުމަތުގެ މަސައްކަތްތަކުގައި މި ކުންފުނީގެ މުވައްޒަފުން އަމަލީ ގޮތުން ދައްކަމުންދާ ނަމޫނާއަށްޓަކައި އަޅުގަނޑުމެން ފަހުރުވެރިވެ، އެ ފަރާތްތަކަށް އިހުލާސްތެރިކަމާ އެކު ޝުކުރު ދަންނަވަން،" ސްޓެލްކޯއިން 'އެކްސް'ގައި ކުރި ޕޯސްޓެއްގައި ބުނެފައިވެ އެވެ.
ހިމަންދޫ އިންޖީނުގޭގެ މުވައްޒަފުން އިސްނަގައިގެން ގާޒާއަށް 260،800ރ. އެއްކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ