ލަމްހާ ބަންދުން ދޫކޮށްލީ ގޯސްކޮށް: ހައިކޯޓް

ހައިކޯޓުން ވަނީ ލަމްހާ ގޭބަންދަށް ބަދަލުކުރި އަމުރު ބާތިލުކޮށްފަ އެވެ. އަދި ހަތް ދުވަހުގެ ތެރޭގައި ލަމްހާގެ ބަންދާމެދު ގޮތެއް ނިންމަން ދައުލަތުން ކްރިމިނަލް ކޯޓަށް ހުށަހަޅައިފިނަމަ، ބަންދާ މެދު އެކޯޓުން ގޮތެއް ނިންމަން ޖެހޭނެ ކަމަށެވެ.
މަރުގެ މައްސަލައެއްގައި ދައުވާކޮށްފައިވާ ހަލީމަތު ލަމްހާ ކްރިމިނަލް ކޯޓުން ދޫކޮށްލީ ގޯސްކޮށް ކަމަށް ހައިކޯޓުން މިއަދު ހުކުމް ކޮށްފި އެވެ.
ސަރުކާރުގެ މައި ހޮސްޕިޓަލު އައިޖީއެމްއެޗްގައި މަސައްކަތް ކުރި ފިލިޕިންސް ނަރުސް، މޭރީ ގްރޭސްގެ މަރުގެ މައްސަލާގައި ޝަރީއަތް ނިމެންދެން ބަންދު ކޮށްފައި ހުރި ހަލީމަތު ލަމްހާ ގޭބަންދަށް ބަދަލުކޮށްފައި ވަނީ މިދިޔަ ނޮވެމްބަރު މަހުގެ 12 ވަނަ ދުވަހު އެވެ.ކްރިމިނަލް ކޯޓުން ލަމްހާ ދޫކޮށްލީ ޝަރީއަތް ދިގުލައިގެންދާތީ، ލަމްހާގެ ހައްގުތަކެއް ގެއްލިގެންދާ ކަމަށް ބުނެ އެވެ. ނަމަވެސް އެ މައްސަލައިގައި މިހާރު ވަނީ ދައުލަތުގެ ހެކިންގެ ހެކިބަސް ނަގައި ނިންމާލައިފަ އެވެ. ދެން އޮންނާނީ ދިފާއީ ހެކިބަސް ނެގުމެވެ.ލަމްހާ ބަންދުން ދޫކޮށްލުމުން ދައުލަތުގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފް ކުރި މައްސަލައިގެ ހުކުމް އިއްވަމުން ހައިކޯޓުން ބުނެފައި ވަނީ ޝަރީއަތް ދިގުލައިގެން ދިއުމަކީ މުޖުތަމައުއަށް ނުރައްކާވެދާނެ ކަމުގެ އިހުތިމާލު އޮތް މީހަކު ބަންދުން ދޫކޮށްލަން ޖެހޭ ސަބަބެއް ނޫން ކަމަށެވެ.
ހައިކޯޓުން ވަނީ ލަމްހާ ގޭބަންދަށް ބަދަލުކުރި އަމުރު ބާތިލުކޮށްފަ އެވެ. އަދި ހަތް ދުވަހުގެ ތެރޭގައި ލަމްހާގެ ބަންދާމެދު ގޮތެއް ނިންމަން ދައުލަތުން ކްރިމިނަލް ކޯޓަށް ހުށަހަޅައިފިނަމަ، ބަންދާ މެދު އެކޯޓުން ގޮތެއް ނިންމަން ޖެހޭނެ ކަމަށެވެ.ޝަރީއަތް ދިގުލައިގެން ދާތީ ލަމްހާ ބަންދުން ދޫކޮށްލިއިރު، މި މައްސަލައިގައި ދެން ދައުވާކޮށްފައިވާ މޭރީގެ ފިރިމީހާ، މާވިން އެސްވައި ވާގަސް ހުރީ ބަންދުގަ އެވެ. މިއީ ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުއްޓައި ލަމްހާ ދޫކޮށްލި ދެވަނަ ފަހަރެވެ. އެފަހަރު ވެސް ލަމްހާ އަލުން ބަންދު ކުރީ ހައިކޯޓުން އަމުރުކޮށްގެންނެވެ.މަރުގެ މި މައްސަލައިގައި ލަމްހާގެ މައްޗަށް އުފުލާފައި ވަނީ އެނގިހުރެ މީހަކު މެރުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ އާއި އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫން ގޮތެއްގައި ބާރުހިންގުމުގެ ކުށުގެ ދައުވާ އަދި ހުއްދަ ނަގައިގެން ކުރަންޖެހޭ ކަމެއް ހުއްދަ ނުނަގާ ކުރުމުގެ ކުށުގެ ދައުވާ އެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ